10 Nov 2020, 16:04
ކޮވިޑް ޖެހިގެން ރާއްޖެއިން 41 ވަނަ މީހަކު މަރުވެއްޖެ އެވެ.
މިއީ މި ހަފްތާ ތެރޭ ކޮވިޑް ޖެހިގެން މަރުވި ދެވަނަ މީހާ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނެކެވެެ. އޭނާ އަކީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. އޭނާގެ އުމުރަކީ 45 އަހަރެވެ.
އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މީހަކު މަރުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއީ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ޖެހިގެން މީހަކު މަރުވެފައި ވަނީ އެޕްރީލް 30ގަ އެވެ. މިހާތަނަށް ކޮވިޑް-19އަށް ޖުމްލަ 12،009 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 11،132 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 830 އެވެ.