10 Nov 2020, 16:27
އާންމުންގެ މެދުގައި އިންޝުއަރެންސްއަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެލައިޑް އިންޝުއަރެންސްއިން ވެބިނާ ސީރީޒްއެއް ފަށަން ތައްޔާރުވެއްޖެ އެވެ.
މި ވެބިނާ ސީރީޒްގައި ހޭލުންތެރިކަން އިތުރުކުރުމާއެކު ޕެންޑެމިކްއެއްގައި އުޅެންޖެހޭ މިފަދަ ދުވަސްވަރެއްގައި އިންޝުއަރެންސް ބޭނުންކުރެވޭނެ އެންމެ ރަނގަޅު ގޮތްތައް ކިޔައިދޭނެ އެވެ.
މިއަންނަ ހަފުތާގައި ފަށާ މި ސީރީޒްގެ ދަށުން ކުރިއަށް އޮތް މަސްތަކުގައި ޖުމުލަ އަށް ވެބިނާ ބާއްވާނެ އެވެ. އަދި ކޮންމެ ވެބިނާއެއްގެ ދިގުމިނަކީ 30 މިނެޓެވެ.
ވެބިނާ ބާއްވާ މައުލޫތަކަކީ؛
އިންބައުންޑް އިންޝުއަރެންސް (ކޮވިޑް އިންޝުއަރެންސް)
- ފަޔާ އިންޝުއަރެންސް
- އޮންލައިން ހިދުމަތްތައް
- ޗައިލްޑް އެޑިއުކޭޝަން އިންޝުއަރެންސް
- އިންބައުންޑް ޑިޑަކްޓިބްލްސް
- މޮޓޯ އިންޝުއަރެންސް
- މެރިން ހަލް އިންޝުއަރެންސް
- ހެލްތު އިންޝުއަރެންސް
މި ހުރިހާ ވެބިނާއެއް ވެސް އެލައިޑުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ލައިވްކުރާނެ އެވެ. އަދި ވެބިނާ އޮންނަ ތާރީހުވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އެލައިޑުން އިއުލާނު ކުރާނެ އެވެ.