10 Nov 2020, 16:19
އެލައިޑްގެ ލައިފް އިންޝުއަރެންސްއާއި އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީގެ ފެމިލީ ތަކާފުލްއަށް ކޮވިޑް19 ކަވާ އިތުރުކޮށްފި އެވެ.
އަލަށް އިތުރުކުރި ކޮވިޑް19 ކަވާއަކީ ކޮވިޑް19 ބަލި ޖެހިގެން މަރުވެއްޖެ ހާލަތެއްގައި އާއިލާއަށް ބަދަލު ލިބޭ ޕްލޭނެކެވެ.
އެލައިޑުން ބުނީ އަލަށް ލައިފް އިންޝުއަރެންސް އަދި ފެމިލީ ތަކާފުލް ގަންނަ ކަސްޓަމަރުންގެ އިތުރުން މިހާރު ޕްލޭން ގަނެފައިވާ ކަސްޓަމަރުންގެ ޕްލޭންތަކަށް ވެސް ކޮވިޑް19 ކަވާ އިތުރުކޮށްދޭނެ ކަމަށެވެ.
ހަމައެއާއެކު ލައިފް އިންޝުއަރެންސްއާއި ފެމިލީ ތަކާފުލްގެ ހުރިހާ ޕްލޭންތަކަށް ވެސް (މަހުން މަހަށް ނުވަތަ އަހަރުން އަހަރުން ފައިސާ ދައްކާ ޕްލޭން) ކޮވިޑް19 ކަވާ އިތުރުކުރާނެ ކަމަށް އެލައިޑުން ބުނެ އެވެ.