ހަ ރަށެއްގެ ބިން ހިއްކަން 752 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ރ. ދުވާފަރާއި. ހއ. އިހަވަންދޫ، އއ. އުކުޅަސް، ތ. ހިރިލަންދޫގެ އިތުރުން ގއ. ދާންދޫ އަދި މ. ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީީސީއާ ހަވާލުކޮށްފަ އެވެ.

އެ މަޝްރޫއުތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝަނާ ފާރޫގެވެެ.

އެ މަޝްރޫއުތަކުގެ ދަށުން ރަށްތަކުގައި ބިން ހިއްކުމަށްފަހު ރިވެޓްމަންޓްވެސް ޖަހާނެ އެވެ. އަދި އިހަވަންދޫ، އުކުޅަސް، ހިރިލަންދޫ އަދި ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރަންވެސް ވަނީ ނިންމައިފަ އެވެ.

ރ. ދުވާފަރުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 445 ދުވަހުން ނިންމާގޮތަށް 143.1 މިލިއަން ރުފިޔާއަށެވެ. އެ ރަށުން 22.2 ހެކްޓަރު ހިއްކަން ވަނި ކަނޑައަޅައިފަ އެވެ.

ހއ. އިހަވަންދޫއިން 25 ހެކްޓަރު ހިއްކަން ހަވާލުކުރީ 124 މިލިއަން ރުފިޔާއަށެވެެ. އެ މަސައްކަތް ނިންމަން ދީފައިވަނީ އެއް އަަހަރު ދުވަހެވެ.

އއ. އުކުޅަހުން 10 ހެކްޓަރު ހިއްކަން ހަވާލުކޮށްފައިވަނީ 71.3 މިލިއަން ރުފިޔާއަށެވެެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 235 ދުވަހުން ނިންމާ ގޮތަށެވެ.

ތ. ހިރިލަންދޫއިން 20 ހެކްޓަރު ހިއްކަން ހަވާލުކޮށްފައިވަނީ 105.2 މިލިއަން ރުފިޔާއަށެވެެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 285 ދުވަހުން ނިންމާ ގޮތަށެވެ.

އއ. އުކުޅަހުން 10 ހެކްޓަރު ހިއްކަން ހަވާލުކޮށްފައިވަނީ 71.3 މިލިއަން ރުފިޔާއަށެވެެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 235 ދުވަހުން ނިންމާ ގޮތަށެވެ.

ގއ. ދާންދޫން 25 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކޮށްފައިވަނީ 186.6 މިލިއަން ރުފިޔާއަށެވެެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 350 ދުވަހުން ނިންމާ ގޮތަށެވެ.

މ. ދިއްގަރުން 25 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކޮށްފައިވަނީ 121.8 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުން ނިންމާ ގޮތަށެވެ.