10 Nov 2020, 12:22
އަންނަ އާދިއްތަ އިން ފެށިގެން އަތޮޅުތެރޭގެ ސްކޫލުތަކުގައި ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލު ދަރިވަރުން ސްކޫލަށް ގޮސް ކިޔަވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ކޮވިޑް19ގެ މިހާލަތަށް ރިއާޔަތްކޮށް މި މަހުގެ 15 އިން ފެށިގެން އަތޮޅުތެރޭގެ ސްކޫލުތަކުގައި ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލުތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މާޗު މަހު ބަންދުކުރި ފަހުން ޕްރީސްކޫލާއި ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދީފައެއް ނުވެ އެވެ.
ނަމަވެސް ޖުލައި މަހުން ފެށިގެން އަތޮޅުތެރޭގެ ދަރިވަރުންގެ ތެރެއިން ގްރޭޑް އެކަކުން 12 އަށް ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.
މާލެ ސަރަހައްދުގައި ގްރޭޑް ހަތަކުން 12 އަށް މިހާރު ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައިވާ އިރު އަންނަ މަހުގެ ތިން ވަނަ ދުވަހު މި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނެ އެވެ.
ޗުއްޓީ އަށް ފަހު ދެ ވަނަ ޓަމު ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ 10ގަ އެވެ. އަދި ދިރާސީ އާ އަހަރު ފަށާނީ އަންނަ އޮގަސްޓު މަހު އެވެ.