21 Jan 2012, 15:02
ގައުމީ ދިފާއީ ބާރުން ކްރިމިނަލްކޯޓްގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުމާ މެދު ޔޫރަޕިއަން ޔޫނިއަނުން ]އީޔޫ[ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ، ރާއްޖެ އާއި ސްރީލަންކާ އަށް ހާއްސަކޮށް އީޔޫ އިން ގާއިމްކޮށްފައިވާ ޑިޕްލޮމެޓިކް މިޝަނުން އިއްޔެ ނެރެފައިވާ ކުރު ބަޔާނުގައި ބުނަނީ ކްރިމިނަލް ކޯޓްގެ ގާޒީ ހައްޔަރުކުރުން ވެސް ހިމެނޭ ގޮތުން ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ މެދު އެ ޖަމާއަތުން ކަންބޮޑުވާ ކަމަށެވެ.
އީޔޫގެ ބަޔާން ބުނަނީ ރާއްޖެ ޑިމޮކްރަސީ އަށް ބަދަލުވަމުންދާ ދިއުމަށް އީޔޫން ތާއީދުކުރާ ކަމަށެވެ. ހަމަ އެ އާކު އެ ބަދަލުގައި އަމަލުކުރަން ޖެހޭ އުސޫލުތަކަށް އަމަލުކުރަން ޖެހޭނެ ކަން ފާހަގަކުރާ ކަމަށާއި ބަދަލުގައި ގާނޫނު އަސާސީ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ގާނޫނު އަސާސީ އާއިި ގާނޫނުގެ ވެރިކަމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ އެ ކަންކަމުގެ ނާރެހަށް ވާންޖެހޭނެ ކަމަށް ވެސް އީޔޫގެ ބަޔާނުގައިވެ އެވެ.
ރުޅިވެރިކަން އުފެދޭ ފަދަ ބަހުރުވަ އާއި އަމަލުތަކުން ދުރުވެ ތިބުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އީޔޫގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
http://www.sun.mv/uploads/l_1454435.jpg