10 Nov 2020, 13:42
ގދ. ފަރެސް މާތޮޑާގައި އެއާޕޯޓް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝަނާ ފާރޫގެވެ.
ހަ ސަތޭކަ ދުވަހުން ނިންމާގޮތަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144.9 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން ފަރެސް މާތޮޑާ އެއާޕޯޓްގައ 1200 މީޓަރުގެ ރަންވޭއެއް އަޅައި ހިއްކާފައިވާ ބިމުގައި ޓާމިނަލްއެއް ހަދަން ވަނީ ނިންމައިފަ އެވެ. އަދި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ވެސް ގާއިމްކުރާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.