ނަޕޯލީގެ ސުލޮވާކިއާ ފޯވާޑް މަރެކް ހަމްސިކު އެކުލަބުގައި ހުރީ އުފަލުގައި ކަމަށާއި މިސީޒަން ނިމެންދެން އެކުލަބުގައި މަޑުކުރާނެ ކަމަށް އޭނާ ބުނެފި އެވެ.

ޔޫރަޕްތަކުގެ ބޮޑެތި ކުލަބުތައް ކަމަށްވާ މެންޗެސްޓާ ސިޓީ އާއި އޭސީ މިލާނުން ވެސް ދަނީ ހަމްސިކު ހޯދުމަށް މަސައްކަތް ކުރަމުން ނެވެ. އެހެން ނަމަވެސް ނަޕޯލީގައި ހުންނަން ބޭނުންވާ ކަމަށް ހަމްސިކް ބުނުމުން އެކުލަބުތަކަށް މިވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހެ އެވެ.

"އަހަރެންނާއި ސަޕޯޓަރުންނާއި ދެމެދު ވަރުގަދަ ގުޅުމެއް ވަނީ އުފެދިފައި. އަހަރެން ނަޕޯލީ އާއި އެކު ފަސް ސީޒަން ހޭދަކޮށްފިން. މިއީ އަހަރެންގެ ދެވަނަ ރަށް ކަހަލަ ތަނެއް. ނަޕޯލީގެ ކުޅުންތެރިންގެ ފަރާތުން ވެސް ބޮޑު އެއްބާރުލުމެއް ލިބޭ." ހަމްސިކް ބުންޏެވެ.