09 Nov 2020, 22:06
ރާއްޖެއިން މިއަދު ނެގި 1،342 ސާމްޕަލުން 23 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހީންނާއި ތިން ބިދޭސީންނެވެ. މިއަދު މާލެ ސަރަހައްދުން 21 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅުތެރެއިން ޕޮޒިޓިވްވީ ދެމީހުންނެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 12009 އަށް އަރައިފައެވެ.
އޭގެ ތެރެއިން 11،132 މީހަކު ރަނގަޅުވެފައި ވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 830 މީހެކެވެ. ބަލީގައި ރާއްޖެއިން 40 މީހަކު ވަނީ މަރުވެފަ އެވެ.
މިވަގުތު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 14 ރަށާއި، 25 ރިސޯޓުގައި ބަލީގެ އެކްޓިވް ކޭސްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި 53 ފަތުރުވެރިންނާއި 138 ރިސޯޓު މުވައްޒަފުން ހިމެނެއެވެ.