21 Jan 2012, 14:39
ޗެލްސީގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސް ދައްކަމުން އަންނަނީ މޮޅު ކުޅުމެއް ކަމަށާއި އޭނާގެ ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށް އެކުލަބުގެ ކޯޗު އަންދުރޭ ވިޔަސް ބޮއަސް ބުނެފި އެވެ.
މިމަހުގެ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ އަށް ގެނައި އުމުރުން 27 އަހަރުގެ ފޯވާޑް ޓޮރޭސް އަށް ވަނީ އެކުލަބަށް ގިނަ ގޯލުތަކެއް ކާމިޔާބު ކޮށްދެވޭ ގޮތް ނުވެފަ އެވެ. އެހެންކަމުން ޓޮރޭސް އަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފަ އެވެ.
ޕްރެމިއާ ލީގުގައި ޗެލްސީ އަށް ޓޮރޭސް ކާމިޔާބު ކޮށްދީފައި ވަނީ އެންމެ ތިން ގޯލެވެ. ޗެލްސީ އަށް ބަދަލުވިތާ އެއް އަހަރު ވާން ގާތް ވެފައިވާ ޓޮރޭސްގެ ކުޅުން ދެއްކިފައިނުވި ނަމަވެސް އޭނާ އަށް ފަންސާސް މިލިޔަން ޕައުންޑްގެ އަގު ހައްގުވާކަމަށް ވިޔަސް ބޮއަސް ބުނެފައި ވެއެވެ.
"ޓޮރޭސްގެ ކުޅުމަށް ތަޢުރީފު ކުރަން ޖެހޭ. ފޯވާޑެއް ހުންނަނީ ކޮންމެހެން ގޯލުތެރެއަށް ގިނަ ލަނޑުތަކެއް ޖަހާކަށެއް ނޫން. ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައދީ ޓީމަށް އެހީތެރިވުމަކީ ވެސް ފޯވަޑެއްގެ ޒިންމާ އެއް. ޓީމަށް މިސީޒަނުގައި އެންމެ ގިނަ ގޯލުޖަހައިދީފައި ވަނީ ދެ ފޯވަޑުން. އެއީ ރަމިރޭސް އާއި ލަމްޕާޑް. އެމީހުންނަށް އެފުރުސަތު ހޯދައިދެނީ ކޮންމެވެސް ކުޅުންތެރިންތަކެއް. ޓޮރޭސްގެ ކުޅުމާއި މެދު ހިތްހަމަޖެހޭ." ޗެލްސީގެ ކޯޗް ވިޔަސް ބޮއަސް ބުންޏެވެ.