ޖުމުހުރީ މައިދާނުގައި އިއްޔެ ކުރި މުޒާހަރާގައި ފުލުހުން ހައްޔަރުކުރި ސިޔާސީ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ގެންގޮސްފި އެވެ.

ކޯޓަށް މުއްދަތު އިތުރުކުރުމަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚު އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ނާއިބު ރައީސް ޑރ. މައުރޫފް ހުސައިން ޕީޕީއެމްގެ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފް އާއި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުއާދާއި ޕީޕީއެމްގެ އެކްޓިވިސްޓް މާޒް ސަލީމް ފަދަ ބޭފުޅުން ހިމެނެ އެވެ.

އިއްޔެ ޖުމުހޫރީ މައިދާނުގައި ކުރި މުޒާހަރާގައި ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި ކަމަށް ބުނެ 27 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ރޭގައި ވަނީ އިތުރު 16 މީހަކު ހައްޔަރުކޮށްފަ އެވެ.