އަންނަ އަހަރުގެ މެއި/ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މި މަހުގެ 23ގެ ނިޔަލަށް އިމްތިހާނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ.

އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުންވެސް އެ މުއްދަތަށް ކުރިއަށްދާނެ ކަމަށް ޑީޕީއީއިން ބުނެ އެވެ.

ކެމްބްރިޖްގެ މެއި/ޖޫން އިމްތިހާނަކީ ރާއްޖޭގައި އޯލެވެލް އިމްހާނު ހަދާ ގިނަ ދަރިވަރުންނަށް އެހާ މުހިއްމު އިމްތިހާނެއް ނޫނެވެ. އެހެންނަމަވެސް އަންނަ އަހަރުގެ މެއި/ޖޫން އިމްތިހާނަކީ ރާއްޖޭގެ އޯލެވެލް ހަދާ ދަރިވަރުންނަށް ހާއްސަ އިމްތިހާނެކެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު އޮކްޓޯބަރު އަދު ނޮވެމްބަރު އޯލެވެލް އިމްތިހާނު ވަނީ ކެންސަލްކޮށްލާފައެވެ. އެގޮތަށް ނިންމީ ދެން ސިލަބަސް ކަވަރުކޮށް އެ އިމްތިހާނު ތަކަށް ތައްޔާރުވާން ދަރިވަރުންނަށް އެކަށީގެންވާ ވަގުތު ނުލިބޭނެތީ އެވެ.

އެއާއެކު މިއަހަރުގެ ކެންސަލުކޮށްލި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މެއި/ޖޫން އަށެވެ.