ރާއްޖެއިން މިއަދު ނެގި 1،392 ސާމްޕަލުން 24 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެހީންނާއި ހަ ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 18 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ހަ މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 11،986 އަށް އަރާފަ އެވެ.

މި ބަލިން މިއަދު 26 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 11،092 އެވެ.

މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 847 އެވެ. އަދި މިބަލީގައި ރާއްޖެއިން 40 މީހަކު ވަނީ މަރުވެފަ އެވެ.

މިވަގުތު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 14 ރަށާއި، 26 ރިސޯޓުގައި ބަލީގެ އެކްޓިވް ކޭސްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި 52 ފަތުރުވެރިންނާއި 138 ރިސޯޓު މުވައްޒަފުން ހިމެނެއެވެ.