ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތަހުގީގު ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭއެސްސީން ބުނީ ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:

  • މުސްލިމަކު ކަމުގައިވުން

  • ދިވެހި ރައްޔިތަކު ކަމުގައިވުން؛
  • އުމުރުން 35 އަހަރު ފުރިފައިވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން
  • ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން

ޖޭއެސްސީން ބުނީ ކޮމެޓީތަކުގެ މެމްބަރުންނަށް އެލަވަންސްގެ ގޮތުގައި ސިޓިންއެއްގައި ދޮޅުގަޑިއިރު ހަމަވާނަމަ 500 ރުފިޔާ އަދި ދޮޅުގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް އިތުރު 500 ރުފިޔާ ލިބޭނެ ކަމަށެވެ. ސިޓިންގ އަކަށް އެންމެ ގިނަވެގެން ދެވޭނީ 1000 ރުފިޔާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކުރީގައި ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި، ތަޙްޤީޤު ތަހުގީގު އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ ގާނޫނީ ވަކީލެއްނަމަ، ކޮމިޓީގައި މަސައްކަތްކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ރައްދުވާ ފަނޑިޔާރު މަސައްކަތްކުރާ ކޯޓުގައި ވަކާލާތު ކުރުމަކީ މަނާކަމެއް ކަމަށްވެސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނޮވެންބަރު 17 ވަނަ ދުވަހުގެ 12:30 އާ ހަމައަށެވެ.