ހަ ވަނަ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިއަދު ރެޑްލައިންނާ ދެކޮޅަށް ޓީރެސް ބައްދަލުކުރާނެ އެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:15 ގައެވެ.

މުބާރާތުގެ ފައިނަލުން މި ދެޓީމް ޖާގަ ހޯދީ، މުބާރާތުގައި ދެޓީމް ވެސް ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެގެން ނެވެ.

މުބާރާތުގައި ޓީރެސް ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ރެޑްލައިންނާ ދެކޮޅަށެވެ. މެޗް ކާމިޔާބު ކުރީ ރެޑްލައިނުންނެވެ. ދެ ވަނަ މެޗުގައި ހަކިކޭނާ ދެކޮޅަށް ކުޅުނު މެޗް ޓީރެކްސް އިން ކާމިޔާބު ކުރި އިރު، ފަހު މެޗް ޓީރެކްސް އިން ކާމިޔާބު ކުރީ ލަންކާގެ ޑައިލޮގް ޓީމް އަތުންނެވެ.

މުބާރާތުގައި ރެޑްލައިން ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވީ، ޓީރެސް އަތުންނެވެ. އަދި ދެ ވަނަ މެޗުގައި ލަންކާގެ ޑައިލޮގް އަތުން ރެޑްލައިން މޮޅުވި އިރު، ފަހު މެޗުން ރެޑްލައިން ބަލިވީ ހަރިކޭން އަތުންނެވެ.

ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ މިމުބާރާތުގައި އަވަށްޓެރި ސްރީލަންކާގެ ޑައިލޮގް އެކްސެޓާ ޓީމަކާ އެކު ރާއްޖޭގެ ތިން ޓީމު ވާދަ ކުރެ އެވެ. ރާއްޖެ އިން ވާދަކުރާ ތިން ޓީމަކީ ނިމިގެން ދިޔަ ޤައުމީ މުބާރާތުގެ އެންމެ ގަދަ ތިން ޓީމް ކަމުގައިވާ ރެޑްލައިން ކުލަބާއި ޓީރެކްސް އަދި ހަރިކޭން ބީސީ އެވެ.