މަޝްހޫރު ޓީވީ އެކްޓަރު ނަކުލް މެހެތާ 37، އަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

ސްޓާޕްލަސްއިން ކުރިން ދެއްކި ހިންދީ ޑްރާމާ ސިލްސިލާ "އިޝްގްބާޒް"ގައި ޝިވާއި ސިންހް ސިންގް އޮބެރޯއީގެ ރޯލް ކުޅުނު އެކްޓަރު ނަކުލް ބައްޕައަކަށް ވާން އުޅޭ ކަމުގެ އުފާވެރި ޚަބަރު އާންމުންނަށް ހިއްސާކުރަމުން އޭނާ ބުނީ ކަރަންޓީން ދުވަސްކޮޅު ފޫހިވާކަން ނުޖެހުނު ކަމަށާއި ހަޔާތަށް އާ ބައިވެރިއަކު އަންނާތީ އުފަލުން ފޮޅިފައި ހުރި ކަމަށެވެ.

މި ދަރިފުޅުވެގެންދާނީ ނަކުލް އާއި އޭނާގެ އަންހެނުން ޖަންކީ ޕާރެކް އަށް ލިބޭ އަލަތު ދަރިފުޅަށެވެ. ނަކުލް ބައްޕައަކަށް ވާން އުޅޭކަން ހާމަކުރުމާ ގުޅިގެން އޭނާގެ ފޭނުން އަންނަނީ އެދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

ނަކުލް އާއި ޖަންކީ ކައިވެނި ކުރީ 2012 ވަނަ އަހަރުގައެވެ.