ކޮވިޑް ޖެހިގެން 39 ވަނަ މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ، މަރުވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާއަކީ، ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މީހަކު މަރުވީ މިދިޔަ ހަފްތާ ހުކުރު ދުވަހުއެވެ. އެއީ ކަޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ 60 އަހަރުގެ ފިރިހެނެކެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ޖެހިގެން މީހަކު މަރުވެފައި ވަނީ އެޕްރީލް 30 ގައެވެ. މިހާތަނަށް ކޮވިޑް-19އަށް ޖުމްލަ 11،893 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 11،010 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 838 އެވެ.