06 Nov 2020, 08:25
ފުރަބަންދަކަށް ދާން އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ނިންމުމަށް އެގައުމުގެ ޕާލިމަންޓުން ރުހުން ދީފި އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމީ އެއް މަހުގެ ފުރަބަންދަކަށްދާށެވެ. ޕާލަމަންޓްގެ ރުހުމާއެކު މިއަދުން ފެށިގެން ފުރަބަންދުވާނެ އެވެ.
މިއީ ކޮރޯނާ ވައިރަހުގެ ދެވަނަ ރާޅެއް އެރުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރަން ނިންމި ނިންމުމެކެވެ.
މީގެ ކުރިންވެސް ކޮރޯނާ ކޮންޓްރޯލް ކުރަން އިނގިރޭސިވިލާތުން ފުރަބަންދަކަށް ދިޔަ އެވެ.
މިފަހަރު ފުރަބަންދަކަށް ދާން ޕާލިމަންޓްއިން ރުހުން ދިނީ 516 ވޯޓުންނެވެ. ދެކޮޅަށް 38 މެމްބަރަކު ވޯޓު ދިނެެވެ.
އެ ނިންމުމަަށް ލޭބާ ޕާޓީންވެސް ތާއިދުކުރިއެވެ. ނަމަވެސް ސަރުކާރުން އެކަން ކުރިލެއް މާ ލަސްކަމަށް ބުނެ ލޭބާ ޕާޓީގެ ފާޑުކިޔުންތައް އަމާޒުވި އެވެ.
އިނގިރޭސިވިލާގެ ސީނިއާ މިނިސްޓަރަކު ވިދާޅުވީ މި ފުރަބަންދުތެރޭވެސް ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ފުރަބަންދު އިތުރަށް ދިގު ދަންމާލަން ޖެހިދާނެ ކަމަށެވެ.
އިނގިރޭސިވިލާތުގަިއ މިފަހުން ދުވާލަކު ކޮވިޑް ޖެހޭ މީހުންގެ އަދަދު 20،000 ން މައްޗަށް ވަނީ އަރައިފަ އެެވެ. ސައިންޓިސްޓުން ބުނާގޮތުގައި ބަލި ކޮންޓްރޯލް ނުކުރެވިއްޖެނަމަ 80،000 އަށްވުރެ ގިނަ މީހުން މަރުވެދާނެ އެވެ.
ކޮވިޑް ޖެހިގެން އިނގިރޭސިވިލާތުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 48،000 އިން މައްޗަށް އަރައިފަ އެވެ.