05 Nov 2020, 22:10
ރާއްޖެއިން މިއަދު ނެގި 1،758 ސާމްޕަލުން 71 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެހީންނާއި 56 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 60 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 11 މީހުންނެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 11،893 އަށް އަރާފަ އެވެ.
ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 11،010 އެވެ.
މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 838 އެވެ. އަދި މިބަލީގައި ރާއްޖެއިން 38 މީހަކު ވަނީ މަރުވެފަ އެވެ.
މިވަގުތު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 13 ރަށާއި، 30 ރިސޯޓުގައި ބަލީގެ އެކްޓިވް ކޭސްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި 52 ފަތުރުވެރިންނާއި 120 ރިސޯޓު މުވައްޒަފުން ހިމެނެއެވެ.