Last Updated: 1 decade 4 year ago
ބުލޮގު ޚުލާސާ
ސަރުކާރު ޗާޓަށް ވައްދަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކޮންމެ ރެއަކު ކުރާ މުޒާހަރާ މިރޭ ވެސް އެމްއެމްއޭ ބިލްޑިންގާއި އެމްޓީސީސީ ބިލްޑިންގް ސަރަހައްދުގައި ފަށައިގެން ކުރިޔަށް އެބަދެ އެވެ. ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުން މިއަދު މެންދުރު ހައްޔަރުކޮށްފައިވާއިރު މިރޭގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަނީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. މިރޭ ވެސް ސަލާމަތީ ބާރުތަކުން ވަނީ މުޅި ސަރަހައްދު ވަށައިލާ ފިޔަވަޅުތައް އަޅާފައެވެ. އަދި މިރޭ މުޒާހަރާއަށް މީހުން ނުކުމެފައިވާއިރު އަމަން ނަގާލާ ތަންތަނަށް ގެއްލުންދޭ މީހުން މހައްޔަރު ކުރާނެ ކަމަށް ފުލުހުން ވަނީ އިންޒާރު ދީފަ އެވެ.
ސަރުކާރާ ދެކޮޅަށް ފެށި ސިލްސިލާ މުޒާހަރާތަކުގައި މިރޭ ފެށި މުޒާހަރާ މިހާރު ވަނީ ނިންމާލާފަ އެވެ. މުޒާޒާހަރާ ނިންމާލިކަން ރަސްމީކޮށް އިއުލާން ކުރި ނަމަވެސް ބައެއް މީހުން އަދިވެސް މަގުތަކުގައި ޝުއޫރު ފާޅު ކުރަމުން އެބަދެ އެވެ. އެފަދަ ބައެއް ފަރާތްތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނީ ފުލުހުން ވަކިވަކިން ވެސް މީހުންނާ ދިމާއަށް ސުޕްރޭ ޖަހާފައިވާ ކަމަށް.
މުޒާހަރާގެ ތެރެއިން ގިނަ އަންހެނުންތަކެއް ފުލުހުން މިރޭ ވަނީ ހައްޔަރުކޮށްފައި. މިރޭގެ މުޒާހަރާ މި ނިންމާލީ. މަދާމާރޭ އަނެއްކާވެސް މުޒާހަރާ އޮންނާނެ. އަބްދުﷲ ގާޒީ ދޫކޮށްލުމާ ހަމަޔަށް މުޒާހަރާ ކުރިއަށް ގެންދާނަން.
މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސާ ފަހާލުމަށް ފަހު މިހާރު އަނެއްކާވެސް އެމްއެމްއާ ހިސާބަށް ފުލުހުންގެ ފައުޖު ވަނީ ފަހަތަށް ޖެހިފައި
އެމްއެމްއޭ ސަރަހައްދަށް އެއްވެފައިވާ މީހުންނަށް އެންމެ ފަހުގެ އިންޒާރުގެ ގޮތުގައި ފުލުހުން އިންޒާރުދޭން ފަށައިފި. ފުލުހުން އަންގަނީ އެސަރަހައްދު ދޫކޮށްދިއުމަށް. އަންހެނުންނާ ކުޑަކުދިންނާ މުސްކުޅިން ދިއުމަށް އަންގައިފި. އެންމެ ފަހުގެ އިންޒާރާއެކު މުޒާހަރާ ކުރާ މީހުން މަސްމާރުކޭޓާ ހަމައަށް ފަހާލައިފި. އެ ސަަރަހައްދުން ވެސް ފަހަތަށް ޖައްސަމުން އަނެއްކާވެސް އިންޒާރު ދެނީ.
މިހާރު މިދެނީ އެންމެ ފަހުގެ އިންޒާރު. މި ސަރަހައްދުގައި ތިބި ކުޑަކުދިންނާއި މުސްކުޅިންނާއެކު އެންމެން މި ސަރަހައްދު ދޫކޮށް ދިއުމަށް އެންމެ ފަހުގެ އިންޒާރު ކުރަން،
ޗާންދަނީ މަގުން އިތުރު ދެ އަންހެނުން އަނެއްކާވެސް ހައްޔަރުކޮށްފި. މިފަހަރު ދެ އަންހެނުން ހައްޔަރުކުރީ ކުރިން ހައްޔަރުކުރި އަންހެން މީހާ ފުލުހުން ގެންދަން ފެށުމުން މައުލޫމާތު ސާފުކުރަން ފުލުހުންނާ ކުރިމަތިލާ ސުވާލު ކުރުމުން. ތިން އަންހެނުން ހައްޔަރު ކުރުމަށްފަހު މިހާރު އެ ސަރަހައްދުގައި ތިބި ފުލުހުން ވަނީ އެމްއެމްއޭއާ ދިމާއަށް ދަތުރު ފަށާފައި. މިހާތަނަށް ޖުމްލަ ހަތް މީހަކު ވަނީ ހައްޔަރުކޮށްފައި. އެއީ ހަތަރު ފިރިހެނުންނާ ތިން އަންހެނުން.
މަޖީދީ މަގާ ޗާންދަނީ މަގު ގުޅުނު ހިސާބުގައި އަދިވެސް މީހުން ހަރަކާތްތެރިވަމުން އެބަދޭ. އެތަނުން ދެންމެ އަންހެނަކު ހައްޔަރުކޮށް ބިޑި އަޅުވައިފައި އެބައިން. އޭނާ ގެންދަނީ ފުލުހުންނާ ދިމާއަށް ވަރަށް ބާރަށް ހަޅޭއްލައްވަމުން
އަހަރެން ހައްޔަރު ކުރީ އެމްޑީޕީގެ މީހަކު އައިސް ޒުޥާބު ކުރަމުން ދަނިކޮށް އެތާ މަޑުކޮށްގެން ހުރުމުން އަހަރެން އެއްވެސް ކުށެއް ނުކުރަން. ފުލުހުން އަހަރެން ހައްޔަރުކުރީ އެއްވެސް ކުށެއް ނެތި
އެމްއެމްއޭ ކައިރިއަށް އަނެއްކާވެސް ވެސް މީހުން ގިނަވާން ފަށައިފި. އެ ސަރަހައްދުގައި އިސްކޮށް ހުންނެވީ ވިލިމާފަންނު ދާއިރާގެ ނިހާން. ޗާންދަނީ މަގުން ފުލުހުން ބާރުގެ ބޭނުންކޮށް ފަހާލި އެންމެން ކަހަލަ ގޮތަކަށް އެދިމާއަށް އަންނަމުންދާ ކަމަށް ވެސް އެބަބުނޭ.
މުޒާހަރާގެ ތެރެއިން އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ. އެމީހާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަދޭ. ފުލުހުން ދަނީ ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިންނަށް އިންޒާރު ދެމުން. މިހާރު ވެސް މީހުން ހައްޔަރު ކުރަމުން އެބަދޭ. ޒަހަމްވި އަންހެން މީހާ ގޮވައިގެން ފުލުހުން ނައްޓައިލީ ހައްޔަރުކޮށްފައިވާ މީހުން އަރުވާ ވެހިކަލްގައި
ވަރަށް ގިނަ އަދަދެއްގެ މީހުންނާއި އިތުރު ވެހިކަލްތައް އަތުވެއްޖެ މުޒާހަރާގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފައި. މުޒާހަރާ ރޫޅާލުމަށް ދާދިދެންމެއަކު ވަނީ ވަރަށް ގިނަ އަދަދަކަށް ޕެޕާސުޕްރޭ ޖަހާފައި މީހުންތައް މިހާރު އެކި ދިމަދިމާއަށް ދުވަމުން ދާއިރު ސަރަހައްދަށް ފުލުހުންގެ ޖަމާވަމުންދާ މިންވަރު ވަނީ އިތުރުކޮށްފައި.
ޗާންދަނީ މަގުގެ ބައެއް ގޭގެއިން މުޒާޖަރާގެ ބައިވެރިންގެ ތެރެއިން ގަލާއި މިރުސް ޕެކެޓް އުކަން ފަށައިފި. އެކަން ކަންކަން މަނާ ކުރުމަށް ފުލުހުން ވެސް ހަރަކާތްތެރިވަމުން އެބަދޭ. ފުލުހުން އަންގަމުން ދަނީ ހަމަނުޖެހުމެއް ނުއުފެއްދުމަށް
މުޒާހަރާގެ ބައިވެރިން މުލިއާގެ ކައިރިއަށް ދާން މިސްރަބު ޖެހުމަށްފަހު އަނބުރާލާފައި ދަތުރުކުރީ ޗާންދަނީ މަގާ މަޖީދީ މަގު ގުޅޭ ކަންމައްޗަށް. ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ގެންގުޅޭ ޕިކަޕް އަތުލައި މީހުންތައް ފަހަތަށް ޖައްސާފައި. ޕިކަޕަށް ފުލުހުން އަރައިގެން ޕިކަޕް ގެންގޮސްފި. އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ. މީހުންތައް ފޮނުވާލުމަށް މަސައްކަތް ކުރަމުން އެބަދޭ.
ފުލުހުން އިންޒާރު ކުރަމުން ދަނީ ސަރަހައްދު ދޫކޮށް ދިއުމަށާއި އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް. އަދި އަމާން ނަގާ ނުލުމަށް
އެމްއެންބީސީ ސަރަހައްދު ދޫކޮށް މުޒާހަރާގެ ބައިވެރިން ދިޔަ ނަމަވެސް ފުލުހުން ވަނީ އެސަރަހައްދު ވަރަށް ބޮޑަށް އަދިވެސް ގާޑުކޮށްފައި. މުޒާހަރާ ކުރާ މީހުން ޝުއޫރު ފާޅު ކުރަމުން މުލިއާގެއާ ދިމާއަށް ދަތުރު ކުރަމުން ދިޔަ ނަމަވެސް އެއްވެސް ވަރަކަށް ހަމަނުޖެހުމެއް ނެތް.
މުޒާހަރާގެ ބައިވެރިން ލޮނު ޒިޔާރަތް މަގުން މުލިއާގެއާ ދިމާއަށް ދާން މަސައްކަތް ފަށައިފި. މަގުމަތިން ދަނީ އެކި އެކި ޝުއޫރުތައް ފާޅުކުރަމުން .
ލޮނުޒިޔާރަތް މަގުން އިރަށް ނައްތާލައިފި. މުޒާހަރާގެ ބައިވެރިން އެމްއެންބީސީ ކައިރިއަށްނުއެއްވެ ނައްޓާލައިފި.
އެމްއެންބީސީ ސަރަހައްދު ދޫކޮށްދިއުމަށް ފުލުހުންދަނީ އެއްވެތިބި މީހުންނަށް އަންގަމުން.
އެމްޑީޕީ ހަރުގޭގައި ތިބި އެކްޓިވިސްޓުން ވެސް އެމްއެންބީސީ ސަރަހައްދަށް އެއްވެއްޖެ. މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދަށް ދިއުމަށް މިސްރާބު ޖަހާފައި.
އަމީނީމަގު ސަރަހައްދުން އެމްއެންބީސީއާވީ ހިސާބުގައި ފުލުހުންގެ ސަފެއް ރުކުރުވާލައިފި.
މާދަމާ ހަވީރު އެމްޑީޕީން ބާއްވާ އެއްވުން އައްޑޫސިޓީގައި ވެސް ކުރިއަށްދާނެ ކަމަށް އެމްޑީޕީން ހަރުގެއިން އިޢުލާންކޮށްފި. އެމްޑީޕީ ޖަލްސާ ނިންމާލައިފި. ނަމަވެސް ހަރުގޭގައި އަދި ވެސް މީހުން އެބަތިބި.
މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ރެޑްވޭވް ކައިރީގައި. މިސްރާބު ހުރީ އެމްއެންބީސީއާ ދިމާލަށް.
މުޒާހަރާގެ ބައިވެރިން އެމްއެންބީސީއާ ދިމާލަށް ނައްޓާލައިފި.
ސޮނީ ސްޕޯޓްސް ކައިރިން ވެސް ފުލުހުންގެ ސަފެއް ރުކުރުވާލައިފި. މަޖީދީމަގު ވިޔަފާރި އަށް ވެސް ވަނީ މިވަގުތު ބުރުއަރާފައި. ޓްރެފިކް ވަނީ ވަރަށް ބޮޑުވެފައި.
މުޒާހަރާގެ ބައިވެރިން މިވަގުތު ތިބީ ޗާންދަނީމައިދާނުގައި އިށީންދެގެން. އެ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން އަޑުގަދަކުރާ ބޭނުންކުރާ ލޮރޯ ވެސް އެބައޮތް. ފުލުހުން ތިބީ މަޖީދީމަގު ލެކިއުޓާ ވީ ފަޅީގައި.
ރަޔަޓުގިޔަރުގައި ތިބި ފުލުހުން ދެ ލޮރީއެއްގައި ޗާންދަނީ މައިދާނަށް ވަދެއްޖެ.
މާޖީދީމަގާ ޗާންދަނީމަގާ ވީ ހަތަރު އަނގޮޅި ކަންމަތީ މުޒާހަރާގެ ބައިވެރިން މަޑުކޮށްފި. ފުލުހުން ނެތް.
ފާރީދީމަގާ ދިމާލުން އޯކިޑްމަގަށް މުޒާހަރާގެ ބައިވެރިން އަރައިފި. މުޒާހަރާގެ ބައިވެރިން މިވަގުތު ތިބީ ޗާންދަނީ މައިދާނުގައި.
އަބުދުﷲ ގަޒީ މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާގެ ބައިވެރިން މިހާރު މިސްރާބު ޖަހާފައިވަނީ ތީމުގެއާ ދިމާލުން ހުޅަނގަށް.
މުޒާހަރާގެ ބައިވެރިން ޗާންދަނީ މަގާ މަޖީދީ މަގު ގުޅޭ ކަންމަތީގައި މުޒާހަރާ ކުރުމަށް ނައްޓާލައިފި ކަމަށް އެބަބުނޭ. އެމީހުން އެ ދިމާއަށް ދަތުރުކުރަނީ ސަރުކާރާ ދެކޮޅު ޝުއޫރުތައް ފާޅުކުރަމުން
މިހާރު އެއްވެފައިވާ ސަރަހައްދުން ފަހާލައިފިނަމަ ޗާންދަނީ މަގާ މަޖީދީ މަގާ ގުޅުނު ކަންމައްޗަށް އެއްވެ ނުރުހުން ފާޅު ކުރާނެ ކަމަށް ދާދިދެންމެއަކު ވަނީ މުޒާހަރާގައި ނިހާން އިއުލާން ކޮށްފައި. މުޒާހާރާގެ ބައިވެރިން ކުރިޔަށް ޖެހެން މަސައްކަތް ކުރާއިރު، ސިފައިންނާއި ފުލުހުން ވަނީ މުޅި ސަރަހައްދު ބަންދުކޮށް ސަލާމާތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި. މިވަގުތު ވާހަކަ ދައްކަނީ ސަންދާން އަހަންމައިދީ
މިރޭ އަޅުގަނޑުމެން މިތަނުން ފަހާލައިފިނަމަ ޗާންދަނީ މައިދާނަށް އެއްވާނަން. އަދި އަދިޅުގަނޑުމެންގެ ތެރެއިން މީހުން ހައްޔަރު ނުކުރުމަށް ވެސް ގޮވާލަން
މިރޭ ބަންދުކޮށްފައިވާ އެމްއެމްއޭ ސަރަހައްދަށް ދާން މުޒާހަރާގެ ބައިވެރިންގެ ތެރޭގައި މަޝްވަރާތައް ވަނީކޮށްފައި ބައެއް މީހުން ބޭނުން ވަނީ ޖުމްހޫރީ މައިދާނަށް ވަންނަން. އެހެން ރޭރެއެކޭ އެއްގޮތަށް މިރޭވެސް ގިނަ ބަޔަކު މުޒާހަރާގައި އެބަތިބި. މުޒާހަރާ ރޫޅައިލުމުގެ އެއްވެސް ނިޝާނެއް ނުފެނޭ.
މުޒާހަރާއަށް އެއްވެފައިވާ މީހުންގެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރުން ނޫން އެހެން ކަމެއް ނުކުރޭ މިވަގުތު މުޒާހަރާގައި ވާހަކަފުޅު ދައްކަވަނީ ޑރ. އަފްރާޝީމް
މުޒާހަރާ މިރާވެސް ކުރިޔަށް އެބަދޭ. މުޒާހަރާ ކުރިޔަށްދަނީ ކުރީރޭރެއަށް ހިލާފަށް އެމްޓީސީސީއާ ހަމައިގައި. ސިފައިންގެ ވަރަށް ގިނަ ސަފުތައް ވަނީ އެތުރިފައި، ޕާލަމެންޓްގެ ވަރަށް ގިނަ މެންބަރުންނާއި އިދިކޮޅު ޕާޓީތަކުގެ ނިސްބަތްވާ ވަރަށް ގިނަ މީހުން އެބައުޅޭ. މިރޭ ވެސް ގިނަ ބަޔަކު ޑިމާންޑު ކުރަނީ ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލަނީ. މިރޭ އަދި އެއްވެސް ހަމަނުޖެހުމެއް ނުފެނޭ.