ކ. ހިންމަފުށީ ފެރީ އެ ރަށުން ފުރައިގެން މާލެއަށް ދަތުރު ކުރަނިކޮށް ކްލަބްމެޑް ފަރަށް އަރައިފި އެވެ.

ޕޮލިސް މީޑީއާ އޮފިޝަލް މިއަދު ވިދާޅުވީ ހިންމަފުށީ ފެރީ ފަރަށް އެރި އިރު އެ ފެރީގައި 27 މީހުން ތިބި ކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ފެރީ ފަރަށް އެރުމާއި ގުޅިގެން މެރިން ޕޮލިސްގެ ބޮޑު ލޯންޗަކުން މީހުން ސަލާމަތް ކުރުމަށް އެ ސަރަހަށްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ ލޯންޗަށް ފެރީ އާއި ކައިރި ނުކުރެވުމުން ކުދި ލޯންޗް ފަހަރުގައި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.