ދިރާގު މައިޓޯންސް މެދުވެރިކޮށް ކޮންމެ ކޯލަކަށް ތަފާތު ޓޯނެއް ބޭނުން ކުރެވޭ ހިދުމަތް މުއާސަލާތީ ކުންފނި ދިރާގުން ތައާރަފު ކޮށްފި އެވެ. "ޕާސަނަލް މައިޓޯންސް" ނަމުގައި ފެށި މި ހިދުމަތާއެކު އެއް ޓޯނަށްވުރެ ގިނަ ޓޯންސް އެއް ފަހަރާ ބޭނުން ކުރުމުގެ ފުރުސަތު ލިބި، ފޯނަށް ގުޅާ އެކި މީހުނަށް ތަފާތު ޓޯންސް އެއް ފަހަރާ ބޭންކުރެވޭނެ އެވެ.

މި ހިދުމަތާއެކު ތަފާތު 10 މައިޓޯންސް ގުޅާ އެކި މީހުނަށް އިވޭނެ ގޮތަށް ސެޓް ކުރެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. އަދި ކަސްޓަމަރަކު އިހްތިޔާރު ކުރާ ޓޯނެއް ވަކި މީހަކަށް ނުވަތަ ވަކި ގުރޫޕްތަކަކަށް އަޑު އިވޭނެހެން ވެސް ސެޓްކުރެވޭނެ އެވެ.

ދިރާގުން ފެށި މި ހިދުމަތް ފެށި ނަމަވެސް މިހާރު ވެސް ދިރާގު މައިޓޯންސްގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް މައިޓޯންސްގެ ހިދުމަތް ބޭނުން ބޭނުންކުރެވޭނެ އެވެ.

ދިރާގު މައިޓޯންސްގެ ހިދުމަތަށް ގެނައި ބަދަލާ ގުޅިގެން ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގު މައިޓޯންސް ޕްލެޓް ފޯމަކީ ދިވެހި އަދި ބޭރު ދުނިޔޭގެ އާޓިސްޓުންގެ ރާގު ތަކާއި ލަވަތައް އެންމެ ގިނަ ޕްލެޓްފޯމް ކަމަށެވެ.