04 Nov 2020, 22:11
ރާއްޖެއިން މިއަދު ނެގި 1،130 ސާމްޕަލުން 26 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 21 ދިވެހީންނާއި ފަސް ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 21 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ފަސް މީހުންނެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 11،822 އަށް އަރާފަ އެވެ.
މި ބަލިން މިއަދު 29 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 10،991 އެވެ.
މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 786 އެވެ. އަދި މިބަލީގައި ރާއްޖެއިން 38 މީހަކު ވަނީ މަރުވެފަ އެވެ.
މިވަގުތު މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށާއި، 30 ރިސޯޓުގައި ބަލީގެ އެކްޓިވް ކޭސްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި 46 ފަތުރުވެރިންނާއި 127 ރިސޯޓު މުވައްޒަފުން ހިމެނެއެވެ.