03 Nov 2020, 19:45
ދ. އަތޮޅުގައި އޮންނަ ކަނޑިންމަ މޯލްޑިވްސް ރިސޯޓުން މިއަދު އިތުރު 27 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްއީއޯސީއިން ބުނީ މިއަދު ޕޮޒިޓިވްވި 27 މީހުންނާއެކު ކަނޑިންމައިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 46އަށް އަރާފައިވާ ކަމަށެވެ.
ކަނޑިންމައިން ކޮވިޑްގެ ކޭސްތައް ފެނުމާއެކު އެރަށް މޮނީޓަރިން ހާލަތަށް ގެނައި ފަހުން މިއަދު 7:00އާ ހަމައަށް 176 ސާމްޕަލް ވަނީ ނަގާފަ އެވެ.
އެ ރިސޯޓުގައި ކޮވިޑް ކޭސްތަކެއް އުޅޭކަން ފާހަގަވީ، އެ ރަށުގައި މަސައްކަތް ކުރާ 60 އަހަރުގެ ދިވެއްސަކު ހާލުބޮޑުވެގެން ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވުމުންނެވެ. އަދި އޭނާ ޓެސްޓްކުރީއިރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 38 ވަނަ މީހާ އެވެ.