04 Nov 2020, 07:54
ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ ގެ ފިލްމު "ބޫތު ޕޮލިސް"ގެ ޝޫޓިން ފަށައިފިއެވެ.
އަރުޖުން ކަޕޫރާއި ސައިފް އަލީ ޚާން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު "ބޫތު ޕޮލިސް"ގެ އަންހެން ލީޑު ތަރިންނަކީ ޔަމީ ގޯތަމް އާއި ޖެކަލީން ފާނަންޑޭޒްއެވެ. ފިލްމުގެ ޝޫޓިން އަށް މި މަހު އެއް ވަނަ ދުވަހު ތަރިން ވަނީ ހިމާޗަލް ޕްރަދޭޝް އަށް ގޮއްސައެވެ. ބޫތު ޕޮލިސްގެ ޝޫޓިން ފެށިކަން އަންގަމުން ބަތަލާ ޔަމީ ވަނީ އެތަނުގެ ފޮޓޯއެއް ހިއްސާކޮށްފައެވެ.
މި ފިލްމުގެ މަންޒަރުތައް އިންޑިއާގެ ސިޓީއެއްކަމަށްވާ ދަރަމްޝާލާ އަދި ޕަލަމްޕޫރުގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ހިމާޗަލް ޕްރަދޭޝްގެ ޑޮލްހޫޒީއޯހައުޒީ ގައި ފިލްމުގެ ބައެއް މަންޒަރުތައް ނަގާއިރު މި ފިލްމަކީ ޖެކަލީން އާއި ޔަމީ ވެސް އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ރަމޭޝް ތައުރާނީ އެވެ.