ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 36 މީހަކު ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 21 ދިވެހީންނާއި 15 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 31 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި ފަސް މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،318 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 11،737 އަށް އަރައިފައެވެ.

އޭގެ ތެރެއިން 10،916 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 776 މީހުންނެވެ.

އޭގެ ތެރެއިން 56 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، 228 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް 38 މީހަކު ވަނީ މަރުވެފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 13 ރަށާއި 31 ރިސޯޓުގައި ކޮވިޑްގެ އެކްޓިވް ކޭސްތައް އެބަހުއްޓެވެ.