03 Nov 2020, 09:54
ބޮލީވުޑްގެ ބަތަލާ އަމްރިތާ ރާއޯ، 39، އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.
އާއިލާގެ ސްޕޯކްޕާސަން އާ ހަވާލާދީ މީޑިއާތަކުން ބުނީ އަމްރިތާ ވިހެއީ އާދިއްތަ ދުވަހު ހެނދުނު ކަމަށާއި އަމްރިތާ ވިހޭއިރު އޭނާ އާ ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމަށެވެ.
އަމްރިތާ އަށް ފިރިހެން ކުއްޖެއް ލިބުމާ ގުޅިގެން އޭނާގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. ޝާހްރުކް ޚާން އާއެކު "މޭ ހޫނާ" އިން ފެނިގެންދިޔަ ބަތަލާ އަމްރިތާ މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ މަންމައަކަށް ވާތީ ކުރެވޭ އިހުސާސް ބުނެދޭންވެސް ނޭނގޭ ކަމަށާއި ދަރިފުޅާއެކު ވަގުތު ހޭދަކުރަން ކެތްމަދުވެފައިވާކަމަށެވެ.
އަމްރިތާ ބުނީ އޭނާ ބަނޑުބޮޑުކަން އެނގުނީ ފިރިމީހާ އަންމޯލް އަށް ކަމަށާއި ޕްރެގްނެންސީ ރިޕޯޓް ހިފައިގެން ގެއަށް އައިސް އެ ވާހަކަ އޭނާ ގާތު ބުނީ ވެސް އަންމޯލް ކަމަށެވެ.