02 Nov 2020, 13:01
ލަންޑަން (ނޮވެމްބަރު 2) : އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މާދަމާ ނިމޭއިރު އިންތިޚާބުގެ ނަތީޖާ ނުކުންނާނެ ގޮތުގެ ތިން ސިނާރިޔޯ އެއް ލަންޑަންގައި ނުކުންނަ މަޝްހޫރު މަޖައްލާ "ދި އިކޮނޮމިސްޓް" އިން ލަފާކޮށްފިއެވެ.
ފުރަތަަމަ ސިނާރިއޯ
ރިޔާސީ އިމްތިޚާބާބެހޭގޮތުން އެމެރިކާގައި ނަގާފައިވާ އާންމުންގެ ޚިޔާލު ހޯދުމުގެ ސާވޭތަކާއި އިލެކްޓޯރަލް ކޮލެޖްގެ ވޯޓުތައް ދާނެގޮތްތަށް ބަލައި ދިރާސާ ކުރުމަށް ފަހު ނަތީޛާ ނުކުންނާނެކަމަށް "ދި އިކޮނޮމިސްޓް" އިން އެންމެ ބޮޑަށް ލަފާކޮށްފައިވާ ސިނާރިއޯ އަކީ (ފުރަތަަމަ ސިނާރިއޯ) އަކީ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ޓްރަމްޕް ބަލި ގަބޫލު ކުރެއްވުމެވެ.
މިހާތަނަށް ކުރެވޭ ހުރިހާ ލަފާކުރުންތަކަށް ބަލާއިރު ވެސް ނަތީޖާ ނުކުންނާނެ އެންމެ ގާތް ސިނާރިޔޯއަކީ ޓްރަމްޕް ބަލިވެ ޖޯ ބައިޑެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުން ކަމަށާ ބައިޑެން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބައިޑެންއަށް ވުރެ ދެ ގުނަ ބޮޑުކަމަށް އަންދާޒާ ކުރެވޭކަމަށް އެ މަޖައްލާ ބުނެއެވެ.
މިފަދަ ހާލަތެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ގޭންގްތަކުން މަގުތަކަށް ނުކުމެ ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށްފާނެކަމަށާއި އެމީހުން މައިތިރިވުމަށް ޓްރަމްޕް ނާންގާނެކަމަށް "ދި އިކޮނޮމިސްޓް" އިން ލަފާކޮށްފައިވެ އެވެ. މިއާއެކު ހަމަނުޖެހުންތަކެއްގެ ތެރެއަށް އެމެރިކާގެ ވެއްޓުން އެކަށީގެންވާކަމަށް ވެސް "ދި އިކޮނޮމިސްޓް" ބުނެ އެވެ.
ދެވަނަ ސިނާރިޔޯ
ދެވަނަ ސިނާރިޔޯއަކީ ޓްރަމްޕް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމެވެ. ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނީ އިލެކްޓޯރަލް ކޮލެޖްގެ މެންބަރުންގެ ވޯޓުންކަމަށާ އާންމުންގެ ވޯޓު އެއްވެސް ސިނާރިއޯ އެއްގައި ޓްރަމްޕަށް ގިނަ ނުވާނެކަމަށް "ދި އިކޮނޮމިސްޓް" އިން ލަފާކޮށްފައިވެއެވެ. އެމެރިކާގެ މުއައްސަސާ އެއްކަމަށްވާ "ސްޕްރޭ ސްޓްރެޓެޖީސް" އިން ކުރި ސާވޭން ދައްކަނީ އިލެކްޓޯރަލް ކޮލެޖުން އެއްވޯޓުގެ ފަރަގަކުން ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގައެވެ.
އެހެންކަމުން ޓްރަމްޕް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަކީވެސް ކުރިމަތި ވެދާނެ ސިނާރިއޯ އެކެވެ. މިހާލަތުގައި ޓްރަމްޕާ އިދިކޮޅު ފަރާތްތަކުން (ޚާއްސަކޮށް އެމެރިކާގެ ކަޅު ނަސްލުގެ މީހުންނާއި ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން) އެކަމާ ދެކޮޅަށް މުޒާހަރާތަށް ކުރާނެކަމަށާ ނަމަވެސް މި މުޒާހަރާތަށް ދިގުލައިގެން ނުދާނެކަމަށާ ޓްރަމްޕް ވަރަށް އަވަހަށް މަސްރަހު ކޮންޓްރޯލް ކުރައްވާނެ ކަމަށް "ދި އިކޮނޮމިސްޓް" އިން ލަފާކޮށްފައިވެއެވެ.
ތިންވަނަ ސިނާރިއޯ
ތިންވަނަ ސިނާރިއޯ އަކީ ރިޔާސީ އިންތިޚާބަށްފަހު އެމެރިކާ ހަމަނުޖެހުން ގަނޑެއްގެ ތެރެއަށް ވެއްޓިގެން ދިޔުމެވެ. މިގޮތަށް ދިމާވާނީ ބައިޑެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިޔަސް ބަލި ގަބޫލުކުރުމަށާއި ނަތީޖާ ގަބޫލުކުރުމަށް ޓްރަމްޕް ދެކޮޅު ހެއްދެވުމެވެ. މި ހާލަތު ތަންކޮޅެއް ދުރުނަމަވެސް އެމެރިކާގައި މިހާރު ސިޔާސީ ވާދަވެރިކަން ހުރިގޮތުންނާއި ޓްރަމްޕަށް ތާއީދުކުރާ ދޮންމީހުންގެ ހަރުކަށި ޖަމާއަތްތަކުން ހަތިޔާރުގަނެ މިފަދަ ހާލަތަކަށް ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކާ ގުޅިގެން މިއީވެސް ކުރިމަތިވެދާނެ ސިނާރިއޯ އެއްކަމަށް "ދި އިކޮނޮމިސްޓް" ބުނެއެވެ.
އެެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަނީ ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދާ ކެންޑިޑޭޓެއްނޫން
އެމެރިކާގެ ރިޔާސީ އިންތިޚާބު ގެ ނިޒާމު އޮންނަ ގޮތުން އިންތިޚާބު ކާމިޔާބު ކުރަނީ ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދާ ކެންޑިޑޭޓެއް ނޫނެވެ. އޭގެބަދަލުގައި ރައީސަކު އިންތިޚާބުވަނީ ސްޓޭޓްތަކުގެ މެދުގައި އޮންނަ އިންތިޚާބީ ނިޒާމެއްކަމަށްވާ އިލެކްޓޯރަލް ކޮލެޖްގައި ހިމެނޭ މެންބަރުންގެ ވޯޓުންނެވެ. އިލެކްޓޯރަލް ކޮލެޖްގައި 538 މެންބަރުން ހިމެނޭއިރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެ ކޮލެޖްގެ 270 މެންބަރުންގެ ވޯޓު ހޯދަންޖެހެއެވެ. މިއަދަދަށް ވޯޓު ނުލިބި ރައްޔިތުންގެ ވޯޓު ކިތަންމެ ގިނައިން ހޯދި ނަމަވެސް އެމެރިކާގެ ޑިމޮކްރަސީގައި ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެއެވެ.
އިލެކްޓޯރަލް ކޮލެޖްގެ މެންބަރުން އިންތިޚާބު ކުރަނީ ސިޔާސީ ޕާޓީތަކުން
އިލެކްޓޯރަލް ކޮލެޖް ގައި ހިމެނޭ 538 މެންބަރުން ކަނޑައަޅާފައިވަނީ އެމެރިކާގެ ޕާލަމެންޓް ކަމަށްވާ ކޮންގްރެސް (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓް) އަށް މެންބަރުން ކަނޑައަޅާފައިވާ ގޮތާ ދާދި އެއްގޮތަށެވެ.
އިލެކްޓޯރަލް ކޮލެޖްގައި ހިމެނޭ 538 މެންބަރުން އިންތިޚާބު ކުރަނީ އެމެރިކާގެ ސިޔާސީ ޕާޓީތަކުންނެވެ. އިލެކްޓޯރަލް ކޮލެޖްގެ މެންބަރުން އިންތިޚާބު ކުރުމަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ އެމެރިކާގެ ސިޔާސީ ޕާޓީތަކުގައި މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް އެކަންޏެވެ. ސިޔާސީ ޕާޓީތަކަށް ނިސްބަތްނުވާ އާންމު ރައްޔިތުންނަށް މިހައްގެއް ނޯވެ އެވެ.
މީގެ އިތުރުން އެހެން ސްޓޭޓްތަކަށްވުރެ އިތުރަށް އިލެކްޓޯރަލް ކޮލެޖްގައި ތިން މެންބަރުން ބޭތިއްބުމުގެ ހައްގު އެމެރިކާގެ ވެރިރަށް ވޮޝިންޓަން ސްޓޭޓަށް އޮވެއެވެ. އެއީ އެސްޓޭޓަށް އޮންނަ ޚާއްސަ އިނާޔަތެކެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ މެންބަރުންގެ އަދަދަކީ 435 އެވެ. ސެނެޓްގެ މެންބަރުންގެ އަދަދަކީ 100 އެވެ. ނަމަވެސް އިލެކްޓޯރަލް ކޮލެޖްގައި ކޮންމެ ސްޓޭޓަކުން ދެ މެންބަރުން ތިބޭތީ އެއަދަދު 100 އަށް އެރުމުން އިލެކްޓޯރަލް ކޮލެޖްގެ މެންބަރުންގެ އަދަދު 538 އަށް އަރައެވެ. އޭގެތެރެއަށް ވޮޝިންޓަން ސްޓޭޓުން ކަނޑައަޅާ އިތުރު ތިން މެންބަރުން ހިމެނުމުން އިލެކްޓޯރަލް ކޮލެޖްގައި ހިމެނޭ މެންބަރުންގެ އަދަދު 538 އަށް އަރަނީއެވެ.
(ނޫސްއެޖެންސީތައް)