މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ މިއަދު ހެނދު އަމިއްލައަށް ގެއަށް ގޮސްފި އެވެ.

ވީނުވީއެއް ނޭނގިގެން ގެއްލިގެން ހޯދަމުން ދިޔައީ ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ މިއަދު ހެނދުނު 08:45 ހާއިރު އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށެވެ.

ޝިރުމީނާ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ 22:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އޭނާ ގެއްލިގެން އާއިލާ އިން ހޯދަން ފަށާފައިވަނީ އެ ދުވަހުގެ މެނދުރުފަހު 13:30 އިން ފެށިގެންނެވެ.

ޝިރުމީނާ ހޯދުމަށްޓަކައި އާންމުންގެ އެހީއަށް ރޭގައި އެދިފައިވާއިރު ޝިރުމީނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް ކަމަށްވެސް ފުލުހުން ބުންޏެވެ.