01 Nov 2020, 22:03
ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ 42 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭ 1920 ޓެސްޓު ހަދާފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަަހައްދުން 20 މީހުންނާއި އަތޮޅު ތެރެއިން އަދި ރިސޯޓުތަކުން 22 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 11،701 އަށް އަރައިފައެވެ.
މިއަދު ޕޮޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި 23 ބިދޭސީއެކެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު ރާއްޖޭގައި 773 މީހުން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ. އޭގެ ތެރެއިން 51 މީހަކު ހޮސްޕިޓަލުގައި ތިބިއިރު 243 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ 63 މީހަކު ކޮވިޑުން ރަނގަޅުވެފައިވާއިރު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 10،883އެވެ.
މިހާތަނަށް 38 މީހަކު މި ބަލީގައި ރާއްޖޭގައި މަރުވެފައިވެއެވެ.