Last Updated:
1 decade 4 year ago

ސިޔާސީ ފަރާތްތައް ހައްޔަރު ކުރުމުން މުޒާހަރާ ނިންމާލައިފި

  • ދެން މުޒާހަރާ ފަށާނީ މިރޭ
ބުލޮގު ޚުލާސާ
13:51 މީޑިއާ ވެސް ފުލުހުންގެ ލައިންގެ ބޭރަށް ނެެރެލައިފި އެވެ. އަދި މުޒާހަރާ ރޫޅާލައިފި އެވެ.

13:48 މުޒާހަރާ ފަށައިފި އެވެ. އަދި ބައެއް މީހުން ހައްޔަރުކޮށްފި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ޝޭހު އިމްރާން އަބްދުﷲ އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި މަދަނީ އިއްތިހާދުގެ އަބްދުﷲ މުހައްމަދު ހިމެނެ އެވެ.

15:09

30 ވަރަކަށް މީހުން ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފި.
14:56

މިރޭ 8:30ގައި ފަށަން މުޒާހަރާ ނިންމާލައިފި. މުޒާހަރާ ނިންމި ކަމަށް އިއުލާން ކުރެއްވީ އިލްހާމް އަހުމަދު
14:48

ހަތް މީހަކު ހައްޔުކޮށްގެން ދޫނިދު އަށް ގެންގޮސްފި. ދޫނިދުއަށް ގެންދިޔަ މީހުންގެ ތެރޭގައި މަހުލޫފާއި އޭނާގެ ބައްޕަ އާއި އަދާލަތުގެ ރައީސް ޝޭހު އިމްރާނާއި މާޒު ސަލީމާއި މަދަނީ އަބްދުﷲ ހިމެނެ އެވެ.
14:42އެމްއެމްއޭ

ލައުޑް ސްޕީކަރު ބޭނުންކޮށްގެން މުޒާހަރާ ލީޑް ކުރައްވަނީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު. ރަޔަޓްގިޔަރުގައި ތިބި ފުލުހުން ފަތަހަތަށް، އެމްްއެމްއާ ހަމައަށް ފަހަތަށް ޖެހިއްޖެ
14:35

މަހުލޫފާއި މަދަނީ އަބްދުﷲ އާއި މާޒު ސަލީމު ދޫނިދުއަށް ގެންދަނީ
މެންބަރު އަހުމަދު މަހުލޫފު (އެސްއެމްއެސް މެދުވެރިކޮށް)ފުލުސް އޮފީސް ކައިރިން

ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަން ލޯންޗަށް އެރުވަން ނިންމާފައިވާ މީހުންގެ ތެރޭގައި ގާތްގަނޑަކަށް 30 މީހުން ހިމެނޭ އޭގެތެރޭގައި ޝައިހު އިމްރާނާއި އަބްދުﷲ އާއި ޑރ. މައުރޫފާއި ފުއާދު ގާސިމާއި މާޒް ސަލީމް ހިމެނޭ. މަހުލޫފު ހައްޔަރުކޮށްފައި ވަނީ ވަކިން.
މިހާރު އަޅުގަނޑު ހައްޔަރުކޮށް ދޫނިދޫއަށް ގެންދަނީ. އަޅުގަނޑާއެކު މަދަނީ އިއްތިހާދުގެ އަބްދުﷲ ވެސް ހިމެނޭ،
14:32އެމްއެމްއޭ ސަރަހައްދު

ފުލުހުން ބުނަނީ އެމްއެންބީސީ މީހުންނަށް ވަކިން ހިމާޔަތް ނުދޭ ކަމަށް. އެ މީހުން އެތާ ތިބީ ނޫސްވެރިންކަން ނޭނގޭތީ ކަމަށް.
14:28ފުލުސް އޮފީސް ކައިރި

މާޒު ސަލީމު ހައްޔަރުކޮށް ލޯންޗަށް އަރުވައިފި. ފުލުސް އޮފީހުގައި، މައްސަލައެއް ހުށަހަޅަން ގޮސް ތިބި ބަޔަކު ރައީސް ނަޝީދުގެ އިސްތިއުފާ އަށާއި އަދި އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ގަވާލަމުން އެބަދޭ.
14:25ޖުމްހޫރީ މައިދާން ކައިރިން

ގާތްގަނޑަކަށް ވިއްސަކަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ. އޭގެ ތެރޭގައި ޕާލަމެންޓް މެންބަރުންނާ ބައެއް ޕާޓީތަކުގެ މީހުން ވެސް ހިމެނޭ. ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުއާދު ގާސިމް ވިދާޅުވަނީ ދޫނިދޫއަށް ގެންދާނަމަ އެންމެން އެއްކޮށް ގެންދިންދުމަށް އެދިފައިވާނެ ކަމަށް
ޑރ. މައުރޫފު (އެސްއެމްއެސް މެދުވެރިކޮށް)

ޖުމްހޫރީ މައިދާނަށް މިއަދު ވަނުމުން ޑރ. މައުރޫފާއި ޝައިހު އިމްރާނާއި ބައެއް އެހެން މީހުން ހައްޔަރުކޮށްގެން މިހާރު ދޫނިދޫއަށް ގެންދން މަސައްކަތް ކުރާ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ވިދާޅުވޭ.
އަޅުގަނޑާ ޝައިހު އިމްރާނާއި އަދިވެސް ބައެއް މީހުން ހައްޔަރުކޮށް މިހާރު ދޫނިދޫއަށް ގެންދިއުމަށް ފުލުހުން ވަނީ ތައްޔާރުވެފައި
14:14އެމްއޭއޭ ސަރަހައްދު

އެމްއެންބީސީގެ ނޫސްވެރިން ފިޔަވައި ދެން ތިބި ނޫސްވެރިން ފުލުހުންގެ ކޯޑަން އޭރިއާ އިން ބޭރަށް ނެރުމަށް ފަހު އަލުން ވައްދައިފި. އެމްއެންބީސީ އަށް ފުރަތަމަ ވެސް އޮތީ ހިމާޔަތްދީފައި.
14:10އެމްއެމްއޭ ސަރަހައްދު

މަސްމާރުކޭޓް ސަރަހައްދާ ހަމައިގައި ތިބި ފުލުހުން އެމްޓީސީސީ އިމާރާތާ ހަމައަށް ފަހަތަށް ޖެހިލައިފި. ރޯޑް ބްލޮކްތައް ބަހައްޓާފައި ހުރީ އެ ހިސާބުގައި. ފުލުހުން ތިބީ ރަޔާޓް ގިއަރުގައި.
14:00އެމްއެމްއޭ ސަރަހައްދު

މުޒާހަރާގެ ބައިވެރިން އެމްއެމްއާ ހަމައަށް ފަހަތަށް ޖައްސައިފި. މުޒާހަރާ ކުރާ މީހުންނާ ދޭތެރޭ ފުލުހުން ކަންތައްތައް ކުރި ގޮތުން ހުކުރަށް ދިޔަ ގިނަ ބަޔަކު ވަނީ މުޒާހަރާއާ ގުޅިފައި.