މިއަދު މެންދުރު ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނެއްގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަހަމްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 13:35 އެހާކަންހާއިރު ކަމަށެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ބުރިޖް ހައިވޭމަތީ މަސައްކަތެއް ކުރުމަށް މަޑުކޮށްގެން އޮތް ކްރޭން ލޮރީއެއްގެ ފަހަތުގައި ސައިކަލެއް ގޮސް ޖެހިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ އަންހެނެއް ކަމަށާއި އޭނާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޒަހަމްވި އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.