01 Nov 2020, 08:06
އިންޑިއާއިން އިސްތިއުމާރުކޮށްފައިވާ ޖައްމޫ އެންޑް ކަޝްމީރުރަށް ދީފައި އޮންނަ އޮޓޯނަމީ އުވާލިފަހުން އެ ސްޓޭޓްގެ ނޫސްވެރިންނަށް އިންޑިއާއިން ފުރައްސާރަކޮށް ބިރުދައްކަމުންދާކަމަށް އެމީހުން ބުނެފި އެވެ.
އެގޮތުން އިންޑިއާގެ އެންޓި ޓެރާ އޭޖެންސީވަނީ ގްރޭޓާ ކަޝްމީރު ނޫހުގެ އޮފީހަށާއި ނޫސްވެރިންގެ ގޭގެއަށް ވަދެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުވެސް އިންޑިއާއިން ވަނީ 18 ނޫސްވެރިންނާ ސުވާލުކޮށް ބައެއް ނޫސްވެރިންނަށް ހަމަލާދީފަ އެވެ.
އިންޑިއާއިން ތުހުމަތުކުރާގޮތުގައި ނޫސްވެރިންނަށް ބޭރުން ފަންޑުދީގެން ވަކިވެގަތުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.
ކަޝްމީރުގެ ނޫސްވެރިޔާ އާގިބް ޖާވިދު ބުނީ އޭނާ ނޫހުގެ ލިޔުނު ލިޔުމެއްގައި ޖަހާފައި އޮތް ފޮޓޯއެއް ކަމުނުގޮސްގެން ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް އޭނާގެ ގައިގައި ތަޅާ ހެދި ކަމަށެވެ.
ކަޝްމީރުގެ އެހެން ނޫސްވެރިއެއްކަމަށްވާ މަސްތަރު ޒަހްރާ ބުނީ އިންޑިއާގެ ބިރުދެއްކުންތަކާ ހެދި މިހާރު މީހުން ވާހަކަ ދައްކަން ބިރު ގަންނަ ކަމަށެވެ.
ޒަހްރާާ ބުނީ އޭނާ އިންސްޓަގްރާމްއަށް ލި ފޮޓޯއަކާ ގުޅިގެން މިިދިޔަ އޭޕްރީލް މަހު އޭނާގެ މައްސަލައެއް ބަލަން ފަށައިފައިވާ ކަމަށެވެ. އެ ފޮޓޯ އިންސްޓަގްރާމަށް ލައިފައިވަނީ 2018 ވަނަ އަހަރު އެވެ. އޭނާ ލައިފައިވަނީ އިންޑިއާއަށް ދެކޮޅަށް ހަނގުރާމަކުރަނިކޮށް މަރުވި ބުރުހާން ވަނީ ޖަނާޒާގެ ފޮޓޯއެކެވެ. އެހާ ދުވަސްވީ ފަހުން އެ ފޮޓޯގެ މައްސަލަބަލަން ފެށީ ކީއްވެގެންކަމެއް ނޭނގޭ ކަމަށް ވެސް ވަނީ ބުނެފައިވެ އެވެ.-- ބީބީސީ--