މިއަދު 16 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި އިރު 35 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި ތިން ބިދޭސީންނެވެ.

އެ 16 މީހުންގެ ތެރެއިން ތިން މީހުންނަކީ މާލެ ނޫން ސަރަހައްދުތަކުން ޕޮޒިޓިވްވި މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،659އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 35 މީހުންނާއެކު ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 10،814 އެވެ.

ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 800 އެވެ. އޭގެ ތެރެއިން 55 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކޮށްފައި ވަނީ 251 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 38 އެވެ.