19 Jan 2012, 21:33
ކާށިދޫ ކަނޑުގެ އިރުން އަލިގަލާ ދިމާ 17 މޭލު ބޭރުން ބަންޑުން ޖަހާލާފައި އޮތް ލަކުޑި ބޯޓެއް ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލާފައި އޮތް ލަކުޑި ބޯޓެއް ފެނުނީ މިއަދު ހަވީރު އެ ސަރަހައްދުން ދަތުރުކުރި މަސްދޯންޏަކަށް ކަމަށެވެ. އަދި ބަނޑުން ޖަހާލާފައި އޮތްވައި ފެނުނު ލަކުޑި ބޯޓުގައި މީހަކު ނެތް ކަމަށާއި އެ ބޯތު އޮތީ އަޑީގައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ. އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި މިހާރު ކޯސްޓުގާޑުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
ނ. ޒިތާލިޔާ ރިސޯޓުގައި ދުއްވާ ޒިތާލިޔާ-1 ނަމަކަށް ކިޔާ ދޯންޏަކުން އިއްޔެ ވަނީ ކަނޑުމަތިން ހޮވި ފުލެއާތަކެއް ވެސް އެމްއެންޑީއެފާ ހަވާލުކޮށްފަ އެވެ. އަދި ހަމަ އެ އަތޮޅު ވެލިދޫ ދޯންޏަކުން ވަނީ ކަނޑުމަތިން ފެނުނު އެމޯނިއަމް ގޭސް ސިލިންޑަރެއް ވެސް އެމްއެންޑީއެފާ ހަވާލުކޮށްފަ އެވެ. ދިގު މިނުގައި ހަތަރު ފޫޓު ހުރި އެ ސިލިންޑަރުގައި ގޭސް ހުރި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.
އެމްއެންޑީއެފުން ބުނީ އެތަކެތި ނައްތާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.