01 Nov 2020, 08:07
ވަރުގަދަ ކާސްޓަކާއެކު މި މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ "ޕަތާން" ރިލީޒްކުރާނީ އަންނަ އަހަރުގެ ދިވާލީގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދެހާސް އަށާރަވަނަ އަހަރު ނުކުތް ފިލްމު "ޒީރޯ" އަށްފަހު ޝާހްރުކްޚާން ކުޅޭ ފުރަތަމަ ފިލްމު ޕަތާން ގައި އޭނާއާއެކު ހަރަކާތްތެރިވާނީ ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް އެވެ. ފިލްމުގެ ޝޫޓިން ޝެޑިއުލް މިހާރު ރާވަމުން އަންނަކަމަށާއި މި ފިލްމު ފުރަތަމަ ޝޫޓްކުރަން ފަށާނީ މުމްބާއީގައި ކަމަށް ޚަބަރުތައް ބުނެއެވެ. މުމްބާއީގައި ފިލްމުގެ މަންޒަރުތައް ނެގުމަށްފަހު ފިލްމުގެ ދެން ހުރި މަންޒަރުތައް ނަގާނީ އިނގިރޭސިވިލާތުގައެވެ. ޕަތާންގެ ބޮޑުބައެއް އިނގިރޭސިވިލާތުގައި ނަގަންވަނީ ހަމަޖެހިފައެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުން ފެނިގެންދާނީ ރިވެންޖް ސްޓޯރީއެކެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމުވެގެންދާނީ ޝާހްރުކާ އެކު ޖޯން މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.
މި މަހު ފިލްމުގެ ޝޫޓިން ފެށިނަމަވެސް އާ އަހަރާއެކު މަސައްކަތް މެދުކަނޑާލުމަށްފަހު އަލުން މަސައްކަތް ފަށާނީ ޖަނަވަރީ މަހު މެދެއްހާ ތެރޭގައެވެ.