01 Nov 2020, 08:01
ދެކުނު އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވާލް 35، ކައިވެނިކޮށްފި އެވެ.
އަވަސްމުސްތަގްބަލެއްގައި ކައިވެނިކުރާނެކަމަށް ބުނެ ކާޖަލް ކައިވެނިކުރީ ހުކުރުދުވަހުގެ ރެއެވެ. ވިޔަފާރިވެރިއެއް ކަމަށްވާ ގޯތަމް ކިޗްލޫ އާ އޭނާ ކައިވެނިކުރިއިރު ދެމީހުން ކައިވެނި ކުރީ މުމްބާއީގައެވެ، ކޮވިޑް19ގެ ޕެންޑެމިކްގެ ސަބަބުން އެ ކައިވެނި ހަފްލާ ވަރަށް ޕްރައިވެޓްއެވެ. ހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާ އެކަންޏެވެ.
ނަމަވެސް ކައިވެނިކުރުމަށްފަހު ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެއް އޭނާވަނީ އިންސްޓަގްރާމްކޮށްފަ އެވެ. އަދި އިންޑިއާގައި ކައިވެނިކުރިން ބާއްވާ ހާއްސަ ރަސްމިއްޔާތުތަކުގެ ފޮޓޯޓައް ވެސް ކާޖަލް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
މީގެ ކުރިން ބަތަލާ ކާޖަލް ނެރުނު ބަޔާނެއްގައި ބުނީ ކައިވެނި ކުރިނަމަވެސް ކައިވެނީގެ ފަހުން ފިލްމީ މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަމަށާއި ފޭނުންގެ ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ.