Last Updated:
1 decade 4 year ago

މުޒާހަރާ ރޫޅާލައި ބައެއް މީހުން ހައްޔަރުކޮށްފި

  • އާންމުނަށާއި ފުލުހުންނަށް ވެސް އަނިޔާވި
ބުލޮގު ޚުލާސާ
ސަރުކާރު ޗާޓަށް ވައްދަން ކަމަށް ބުނެ އިދިކޮޅު ގިނަ ޕާޓީއަކުން ބާއްވާ މުޒާހަރާ، މިރޭ ވެސް 8:44 ގައި ބަނދަރު މަތިން ފުލުހުންގެ މައި މަރުކަޒާ ކައިރީގައި ހުންނަ އެމްއެމްއޭ ބިންޑިންގު ކުރިމަތިން ފަށައިފި އެވެ. މިރޭ މުޒާހަރާ ފަށާފައިވާއިރު ސަރުކާރުން ހައްޔަރުކޮށްފައިވާ ޑރ. މުހައްމަދު ޖަމީލު މިއަދު ވަނީ ކޯޓް އަމުރަށް މިނިވަން ކޮށްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަދިވެސް ހުންނެވީ ސިފައިންގެ ހައްޔަރުގައި ގިރިފުށީގަ އެވެ.
މަންޒަރު ދުށް މީހެއް

ސިފައިން މިރޭގެ މުޒާހަރާއަށް ފަހު މަސް މާރުކޭޓު ކުރިމަތި ސާފުކުރި އިރު އެތަނުގައި ސައިކަލެއްގެ މަތީގައި އިންނެވި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރު އަލްއުސްތާޒު އަޙްމަދު މާޖިދު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. މާޖިދު ހައްޔަރު ކުރީ ސިފައިން އައިސް އެތަނުން ދާން އެންގުމުން ސައިކަލު ސްޓާޓްކޮށްލި ތަނާ، ސިފައިންގެ މީހަކު މާޖިދުގެ ސައިކަލުގައި މުގުރުން ޖެހުމުން، މުގުރުން ނުޖެހިޔަސް ދާނެކަމަށާއި، މުގުރުން ޖެހީ ކީއްވެގެންތޯ މާޖިދު ސުވާލު ކުރުމުން، ސިފައިން ދެން ސައިކަލު ގެންދާނީ ތިމަންނަމެން ކަމަށް ބުނެފައެވެ. މިހެން ބުނެފައި ސިފައިން ސައިކަލު މާރުކޭޓު ކައިރިޔަށް ޖެއްސުމަށް ފަހު މާޖިދުގެ އަތުގައި ކްލިޕް ބިޑި އަޅުވައިގެން ލޮރީއަށް ލައިގެން ގެންދިޔައީ ކަމަށް މަންޒަރު ދުށް ދެމީހަކު ސަންއަށް ޚަބަރު ދިނެވެ.
މާޖިދު ހައްޔަރު ކުރީ މުގުރުން ސައިކަލްގައި ޖެހުމަށްފަހު ސައިކަލުވެސް ނައިގެން ގެންދިއުމަށްފަހު. މާޖިދު ގެންގޮސްފައިވަނީ ބިޑި އަޅުވައިގެން
02:29

މަދު މީހުންކޮޅަކަށްވީފަހުން މުޒާހަރާ ނިންމާލިކަން ދާދި ދެންމެއަކު ވަނީ އިއުލާންކޮށްފައި. މިރޭ މުޒާހަރާ ނިންމާލި ނަމަވެސް މާދަމާ މެންދުރުފަހު ހުކުރަށްފަހު ޖުމްހޫރީ މައިދާނަށް އެއްވާނެ ކަމަށް ވަނީ އިއުލާން ކޮށްފައި. މުޒާހާރާ ނިންމާލިއިރު މާލެތެރޭގެ އެކި ހިސާބުތަކުގައި ސިފައިންނާއި ފުލުހުން ދަނީ ފޯރި މަރަމުން
އަބްދުﷲ މުހަންމަދު: ވީޓީވީގައި

މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަބުދުﷲ މުހައްމަދަށް ވަރަށް ބޮޑަށް އަނިޔާ ވިކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މުޒާހިރާ ރޫޅާލި ގަޑީގައި ފުލުހުން އޭނާ ވައްޓާލުމާއި ގުޅިގެން އުނުގަނޑަށާއި އަތަށް ވަރަށްބޮޑަށް ތަދުވެފައި ވާކަމަށެވެ.
"އަޅުގަނޑު ވެއްޓުމުގެ ސަބަބުން ވަރަށް ބޯޑަށް އަނިޔާވި އަޅުގަނޑު ކަން ނެލި ދޯންޏަކަށް މީހުންތަކެއް ނަގައިގެން ގެންގޮސް ދޯންޏާށް ލާ އެމީހުން ފެންއުގުޅާ ހެދުމުން އަޅުގަނަޑަށް ހޭވެރިކަން ވީ"
އަބުދުﷲ ވިދާޅުވީ މިރޭ ފުލުހުން މުޒާހަރާ ރޫލާޅީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ.

އަޅުގަނޑު ވެއްޓުމުގެ ސަބަބުން ވަރަށް ބޯޑަށް އަނިޔާވި އަޅުގަނޑު ކަން ނެލި ދޯންޏަކަށް މީހުންތަކެއް ނަގައިގެން ގެންގޮސް ދޯންޏާށް ލާ އެމީހުން ފެންއުގުޅާ ހެދުމުން އަޅުގަނަޑަށް ހޭވެރިކަން ވީ

02:16އެމްއެމްއޭ ސަރައްހައްދުން

މުޒާހަރާގެ ބައިވެރިން އެމްއެމްއޭ ސަރަހައްދަށް އަލުން ޖަމާވަނީ. މެގަ ފޯނަކުން އަޑުގަދަ ކުރަމުން އަބްދުﷲ ގާޒީ ދޫކޮށްލުމައްވެސް ގޮވަނީ. އެމީހުން ހިނގާފައި ދަނީ ވަރަށް ބާރަށް. އަދި އެއްވެސް ހަމަ ނުޖެހުމެއް ނުހިގާ.
02:13

މުޒާހަރާގެ ބައިވެރިން އަފީފް މެންގެ ދަށައް އެއްވެ، އަފީފްގެ އިސްތިއުފާއަށް ގޮވަން ފަށައިފި. ކުރިއަށް ވުރެ މީހުން ވަނީ ވަރަށް މަދުވެފައި.
02:10

މުޒާހަރާގެ ބައިވެރިންގެ މިސްރާބު އެމްއެމްއޭ އާ ދިމާލަށް ބަދަލުކޮށްފި. އެ މީހުންގެ ގަޔަށް ސާފް ބޮމެއް އެއްލި. އަފީފް ދިރިއުޅުއްވާ ގެއާ ހިސާބަށް މުޒާހަރާގެ ބައިވެރިން އަރާ ހަމަވެއްޖެ. އަފީފްގެ ގޭގެ ސަލާމަތުގައި ފުލުހުން އެބަ ތިބި.
02:06

ޗާންދަނީ މަގު ޗަކްޝަން މައިދާނަށް މުޒާހަރާގެ ބައިވެރިން ޖަމާވެއްޖެ. އެތަނުން ހޯމް މިނިސްޓަރު އަފީފް ދިރިއުޅުއްވާ ގެއާ ދިމާލަށް މިސްރާބު ޖަހައިފި. އެ މީހުންނާ ދިމާލަށް ބަޔަކު އެއްޗިހި ތަކެއް އުކައިގަނެ އެ މައްސަލަ ހޫނުވެފައި. ކުރިއަށް ވުރެ މީހުން މަދު.
02:02

މާދަމާ ހަވީރަށް އެމްޑީޕީން ޝެޑިއުލްކުރި ބޮޑު އެއްވުން އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފައިވާކަމަށް އެމްޑީޕީ ހަރުގޭގައި މިރޭ ވަނީ އިއުލާންކޮށްފައި. އެގޮތަށް އިއުލާންކުރީ ނައިބް ރައީސް އަލްހާން.
01:57

މެންބަރު އިލްހާމް އެކްޓިވިސްޓުންނާ ގުޅިވަޑައިގަތް މަޖީދީ މަގުން ޗާންދަނީ މަގާ ދިމާލަށް. ބޮޑަށް ބެލެވެނީ ހޯމް މިނިސްޓަރުގެ ގެއަށް މިސްރާބު ޖަހާފައިވާހެން. މަޖީދީ މަގުން އޮލިމްޕަސް ކައިރީގައި ހުރި ފެންފޯއް ރުއްތަކެއް ބިންދާލައިފި.
01:52

މުޒާހަރާ ކުރާ މީހުން މަޖީދީ މަގުން ޗާންދަނީ މަގާ ދިމާލަށް މިސްރާބު ޖަހައިފި. އިތުރު އެއްވެސް ހަމަ ނުޖެހުމެއް ނުހިނގާ. އެތަނުގައި ތިބީ އިދިކޮޅު އެކްޓިވިސްޓުން އެކަނި. އެމީހުން މިސްރާބު ޖަހާފައިވާ މަންޒިލެއް ނޭންގޭ.
01:50މަޖީދިއްޔާ ކައިރިން

މުޒާހަރައިގެ ބައިވެރިން ސޯސަން މަގު މަޖީދިއްޔާ ލައިޓް ކައިރިއަށް އެއްވެފައި. ގިނަ ބަޔަކު އެ ސަރަހައްދުގައި އެބަ އޮތް. އެ މީހުން ރައީސް ނަޝީދުގެ އިސްތިއުފާއަށް އަންނަނީ ގޮވަމުން. އެމީހުން އެ ސަރަހައްދަށް އެއްވީ އެމްއެމްބީސީ ކައިރިން ފަހާލުމުން.
01:44އެމްޑީޕީގެ ހަރުގެއިން

އެމްޑީޕީގެ މައި ހަރުގޭގައި ކުރިޔަށްދިޔަ "ތިޔަހެނެއް ނުކިޔޭނެ" ޖަލްސާ ނިންމާލައިފައި އެމްޑީޕީގެ މީހުން ވެސް ގެއަށް ހިނގައްޖެ
ފުލުސް މީޑިއާ އޮފިޝަލް

މިރޭގެ މުޒާހަރާ ހޫނުވެެ މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލީ ހިސާބުން ފެށިގެން މިހާތަނަށް 21 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނޭ. ފުލުހުންގެ ފަސް މީހަކަށް ވެސް ވަނީ މިރޭ އަނިޔާވެފައި. އެކަކަށް ވަނީ ވަރަށް ސީރިއަސް އަނިޔާތައް ލިބިފައި.
ފުލުހުންގެ ތެރެއިން އަނިޔާވި މީހުންގެ ތަފުސީލު މުޅި އަދި ސާފެއް ނުވޭ. މިހާތަނަށް މައުލޫމާތު ލިބިފައިވާ ފަސް މީހުންގެ ތެރެއިން އެކަކު ވަރަށް ސީރިއަސް
01:28އެމްޑީޕީ ހަރުގެއިން

އެމްއެންބީސީ ކައިރިއަށް މީހުން އެއްވުމާ ގުޅިގެން މެދު ކަނޑާލާފައިވާ އެމްޑީޕީގެ "ތިޔަ ހެނެއް ނުކިޔޭނެ" ޖަލްސާ އަލުން ފަށައިގެން ކުރިޔަށް އެބަގެންދޭ. އެ ޖަލްސާގައި މިހާރު ވާހަކަ ދައްކަވަނީ މޮނާޒާ ނައީމް
01:27

ފުލުހުންގެ ހަތަރު މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ އަދި ދެ ވެހިކަލަކަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް ފުލުހުންގެ މިޑިއާ އޮފިޝަލު ވިދާޅުވެއްޖެ.
01:20އެމްއެމްއޭ ކައިރިން

އެމްއެމްއޭ ސަރަހަދުގެ ހުރިހާ ދިމާއަކުން ފުލުހުން ވަނީ ފަހަތަށް ޖެހިފައި މިވަގުތު މުޅި ސަރަހައްދު ބަލަހައްޓައި އެކި ދިމަ ދިމާގައި ހަރަކާތްތެރިވަމުން ދަނީ ސިފައިން،
ތަސްމީންއެމްޑީޕީ ހަރުގެ ސަރަހައްދުން

އެމްއެންބީސީ ކައިރިއަށް އެއްވެ ހަމަނުޖެހުން ހިންގި މީހުން އެސަރަހައްދުން ފޮނުވާލައިފި. އެކަމަ އަދިވެސް އެމްޑީޕީގެ މީހުން މަޑުކޮށްގެން އެބަތިބި. ބައެއް މީހުން ތިބީ ހަރުގެ ކައިރީގައި.
ފުލުހުން މިރޭ މުޒާހަރާ ރޫޅައިލުމަށް ބާރުގެ ބޭނުން ކޮށްފައި ވަނީ ގާނޫނާ ގަވައިދުތަކާ މުޅިން ހިލާފަށް. އެކަން އެގޮތަކަށް ނުކުރެވޭނެ
01:10އެމްޑީޕީ ހަރުގެ ސަރަހައްދުން

މުޒާހަރާގެ ބައެއް ބައިވެރިން މަގުތަކަށް ނުކުމެ އެމްއެންބީސީގެ ކައިރީއަށް ޖަމާވެއްޖެ. އެއްކޮޅުގައި އެމްޑީޕީގެ އެކްޓިވިސްޓުން އަނެއްކޮޅުގައި މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުގައި ސްޓާފޯސް ފުލުުން މިހާރު ފާރައަށް އެބަތިބި. މުޅި މާލޭގެ އެކި ހިސާބުގައި މިހާރު ފޯރި މަރަމުން ދަނީ ސިފައިން.
01:06މުޒާހަރާ ރޫޅާލިވަގުތު އެމްއެމްއޭ ކައިރިން
01:01އެމްއެމްއޭ ކައިރިން

މިހާރު މައުލޫމާތު ލިބެ ގޮތުން ނިހާން ވެސް ވަނީ ހައްޔަރުކޮށްފައި. ފުލުހުންގެ ސަފުތައް ފަހަތަށް ޖެހުމަށް ފަހު މިހާރު ކުރިޔަށް ނެރެފައި ވަނި ސިފައިންގެ ސަފެއް. އެ ސަފު އެތުރިފައި ވަނީ އެމްއެމްއޭ ކުރިމަތިން
00:56އެމްއެމްއޭ ސަރަހައްދުން

ފުލުހުން މުގުރު ބުރިން ޖެހުމުގެ ސަބަބުން ހައެއްކަ މީހުން ތޮށިގަނޑުމައްޗަށް ވެއްޓިފައި އެބަތިބި ކަމަށް ބުނޭ. އަދި ކަންނެލި ދޯންޏަކަށް ފުލުހުން އަރާ އެ ދޯނީގައި ތިބި މީހުނަށް ފުލުހުން އަނިޔާ ކަމަށާއި ބައެއް މީހުންގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ބުނޭ. ބައެއް ދިމަ ދިމާއިން މުޒާހަރާގެ ބައިވެރިންގެ ތެރެއިން ވެސް ދޯނިތަކަށް އެއްޗެހި އެބައުކާ
00:54އެމްއެމްއޭ ކައިރިން

ހުރިހާ ނޫސްވެރިން ވެސް ފުލުހުންގެ ކޯޑައިން އިން ބޭރަށް ނެރެފި. މިހާރު ނޫސްވެރިން ތިބީ ފުލުހުންގެ ޝީލްޑްތަކުގެ ކުރިއަށް ނެރެފައި. ފުލުހުން މަސައްކަތް ކުރަމުން ދަނީ ސަރަހައްދު ސާފުކޮށްލުމަށް
މުޒާހަރާގެ ތެރޭގައި ހުރި މީހެއް (އެސްއެމްއެސް މެދުވެރިކޮށް)އެމްއެމްއޭ ކައިރިން

އަނެއްކާވެސް އިތުރު ތިންމީހަކު ހައްޔަރުކޮށް ބިޑި އަޅުވައިފި. އެހެން ދިމަ ދިމާއިން ވެސް ނުރުހުން ފާޅު ކުރާ މީހުން ހައްޔަރު ކުރާނެ ކަމަށް ފުލުހުން އަންގަމުން އެބަދޭ. ފަހަތަށް ޖެހުމަށް ފުލުހުން އަނެއްކާވެސް ދަނީ ކުރިއަރައި އާންމުން ފަހަތަށް ޖައްސަމުން
މިހާރު ވަރަށް ގިނަ މީހުން ވަނީ ހައްޔަރުކޮށްފައި ފުލުހުން ވަނީ ވަރަށް ގިނަ މީހުންނަށް މުގުރުބުރިން ހަމަލާދީފައި އަދި ވާހަކަ ދައްކަމުން ދަނީ ވެސް ވަރަށް ހުތުރު ބަހުން
00:41އެމްއެމްއޭ ސަރަހައްދުން

ގަލަކުން ޖަހައި އެމްއެމްއޭގެ ބިއްލޫރިގަނޑެއް ތަޅާލައިފި. ބިއްލޫރިގަނޑު ވަރަށް ބޮޑަށް ތަޅައިގެން ގޮސްފައިވާ ކަމަށް ބުނޭ. މިހާރު ފުލުހުން އިންޒާރު ދެމުން ދަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފަޅު އޮޑިފަހަރަށް އަރާ ތިބި މީހުން ބާލާނެ ކަމަށް. ބައެއް ދޯނި ފަހަރުން މިހާރު ވެސް މީހުން ބާލަމުން އެބަދޭ.
00:39އެމްއެމްއޭ ސަރަހައްދުން

މިހާރު ހިސާބަކަށް ވަނީ މައިތިރިވެފައި ފުލުހުން ވެސް މިހާރު އާންމުން ފަހާ ދުވުން ހުއްޓާލާފައި ފަހަތަށް ޖެހެން ފަށައިފި. ނަމަވެސް ބައެއް ދިމަ ދިމާއިން އާންމުން އަދިވެސް އެއްޗެހި އުކަމުން އެބަދޭ.
މުޒާހަރާގެ ބައިވެރިއެއްމާރުކޭޓް ސަރަހައްދުން

މާރުކޭޓް ތެރޭގަ އާއި ބޭރުގައި ފުލުހުންނާ ދިމާއަށް ތަރުކާރީއާއި ގަލާއި ކަޅުތެޔޮވެސް އުކަމުން އެބަދޭ މާރުކޭޓް ސަރަހައްދުގެ އެކި ދިމަ ދިމާއިން ފުލުހުންނާ އާންމުން ދަނީ ކުރިމަތިލަމުން. ފުލުހުން ވެސް މުގުރުބުރިން ހިފައިން މީހުން ފަހަތުން ދުވެ ހަޅޭއްލަވަމުން އެބަދޭ. ވަރަށް ގިނަ ފަހަރަށް ވާހަކަ ދައްކަނީ ހުތުރު ބަހުން
މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ ވެސް ވަނީ ހައްޔަރުކޮށްފައި އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ވަރަށް ބޮޑަށް ވަނީ އަނިޔާވެފައި،
މަހުލޫފް (އެސްއެމްއެސް މެދުވެރިކޮށް)ހަވީރީ ހިނގުމުން

ހަވީރީ ހިނގުމުގައި ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ފުލުހުންނާ ދިމާއަށް ގަލާއި ފުޅިތައް އުކަމުން އެބަދޭ.
އަޅުގަނޑު މިހުރީ ފުލުހުން ދަމާފައި ގެންގޮސް ހައްޔަރުކޮށްފައި. އެހެން މީހުން ވެސް ހައްޔަރު ކުރަމުން އެބަދޭ،
00:28އޯކިޑް މަގުން

ފުލުހުން މުޅި ސަރަހައްދުގައި ދުވަމުންދާއިރު ވަރަށް ގިނަ އަދަދެއްގެ މީހުން ފަހާ ފުލުހުން ވަނީ އޯކިޑް މަގަށް ނުކުމެފައި ބައެއް ދިމަ ދިމާއިން ލިބޭ މައުލޫމާތުތަކުގައި ބުނަނީ މުޒާހަރާގެ ބައިވެރިން އެހެން ދިމަދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް.
00:26އެމްއެމްއޭ ކައިރިން

މުޒާހަރާ ކުރަން ބޭނުން ކުރަމުންދިޔަ އަޑުގަދަ ކުރާތަކާއި ޕިކަޕްވެސް ވަނީ ގެންގޮސްފައި. މުޒާހަރާގެ ބައިވެރިން ވަނީ އެކި ދިމަދިމާއަށް ވިއްސިވިހާލިވެފައި.
00:24މާރުކޭޓް ސަރަހައްދުން

މަހުލޫފު އަނެއްކާ ވެސް ހައްޔަރުކޮށްފި، މަދަނީ އިއްތިހާދުގެ އަބްދﷲ ވެސް ހައްޔަރުކޮށްފި، މަސްމާރުކޭޓު ސަރަހައްދުން ވެސް މީހުން ފަހަތުން ފުލުހުން ދުވަމުން އެބަދޭ.
00:22އެމްއެމްއޭ ސަރަހައްދުން

މިހާރު ވެސް ކަރުނަ ގޭސް ޖަހަމުން ދަނީ މުޅިތަން ހަލަބޮލި މީހުންތައް ދުވަމުން ދަނީ. އެއްޗެހި އުކުމާއި މީހުން ކޮށްޕަމުންދާއިރު މުޒާހަރާގެ ބައިވެރިން ތިބި ޕިކަޕަށް އަރައި ސަންދާން އަހަންމައިދީ އާއި ވަރަށް ގިނަ އެހެން މީހުން ތައްވެސް ބާލައިގެން ގެންގޮސްފި ހުރިހާ ދިމާއަކުން ވެސް ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންދަނީ. ފުލުހުން ވަރަށް ގިނަކޮށްފައިވޭ
00:21އެމްއެމްއޭ ސަރަހައްދުން

މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަރަށް ގިނަ އަދަކަށް ވަނީ ކަރުނަގޭސް ޖަހާފައި. ބައެއް މީހުންނަށް ވަނީ އަނިޔާވެފައި. ވަރަށް ބޮޑަށް އެއްޗިވެސް އެއްޗެހިވެސް އުކަމުން އެބަދޭ. އަދި މުޒާހަރާގައި ތަގުރީރު ކުރަމުންދޭ.
00:17އެމްއެމްއޭ ކައިރިން

ނިހާނާއި މަހްލޫފް ދޫކޮށްލައިފި. މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން އަންނަނީ މިހާރުވެސް ދެމުން. ފުލުހުން ވަރަށް ގަދަޔަށް ޕެޕާ ސްޕްރޭ ޖަހަނީ. މުޒާހަރާގެ ބަިއވެރިން އަންނަނީ ފަހަތަށް ޖެހެމުން.
00:15

ފުލުހުން ޕެޕާ ސްޕްރޭޖަހައި. އިންޒާރު ދޭން ފަށައިފި. ނިހާނުވެސް ހައްޔަރުކޮށްފި.

00:13

ރޯޑް ބްލޮގްތައް ވައްޓާލާ ބައެއް މީހުން ޖުމްހޫރީ މައިދާނާ ދިމާއަށް މިސްރާބު ޖަހައިފި. މަހުލޫފް ހައްޔަރުކޮށްފި. އެންމެން ކުރިއަށްޖެހުމަށް މާޒް ސަލީމް ދަނީ އިރުޝާދު ދެމުން. މުޒާހަރާ ހޫނުވެ ފުލުހުންނާއި އާންމުން ކުރި މަތިލާން ފަށައިފި.
00:07

މި ސަރުކާރަކީ 100 ޕަސެންޓް ލާދީނީ ސަރުކާރެއް ކަމަށް އިމްރާން ވިދާޅެވަފައިވާތީ އެއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށާއި އެކަން ކުއްވެރި ކުރައްވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުންމަދު ޒުހައިރު ވިދާޅުވެއްޖެ.
00:04އެމްޑީޕީ ހަރުގެއިން

ޔާމީން ހައްޔަރުކުރުމަށް މޫސާ މަނިކު ގޮވާލައިފި.
23:59އެމްއެމްއޭ ކައިރިން

އިމްރާނަށް ފަހު ރޮޒައިނާ ވާހަކަ ދައްކަވަން ފައްޓަވައިފި. މުޒާހަރާއަށް މީހުން އިތުރުވާކަމަށް ބުނޭ.
23:53އެމްޑިޕީ މައި ހަރުގެއިން

އާދިއްތަ ދުވަހު ސްޕްރީމް ކޯޓު ހުޅުވުމުން އަބްދުﷲ ގާޒީ ފުލުހަށް ހާޒިރުވުމުގެ ޗިޓަށް އަމަލުކުރަން ފަސްކުރަން ހައިކޯޓުން ނިންމި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އަލްހާން ވިދާޅުވެއްޖެ. އެ ދުވަހު އެމްޑީޕީ މެންބަރުން ސްޕްރީމް ކޯޓު ކައިރިއަށް އެއްވަންޖެހޭނެ ކަމައްވެސް ވިދާޅުވި.
އަދާލަތު ޕާޓީގެ ރައީސް އިމްރާންއެމްއެމްއޭ ކައިރިން

ސޭހް އިމްރާން މުޒާހަރާގައި ވާހަކަދައްކަވަން ފައްޓަވައިފި. މި ސަރުކާރަށާއި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ވިދާޅުވަނީ މި ސަރުކާރުގެ ސިޔާސަތު ތަކަކީ ލާދީނީ ސިޔާސަތުތަކެއް ކަމަށް. އެކްޓިވިސްޓުން ހައްޔަރުކުރުމަކުން މުޒާހަރާތަށް ނުނިމޭނެ ކަމަށް ވިދާޅުވި.
މި ސަރުކާރަކީ 100 ޕަސެންޓް ލާދީނީ ސަރުކާރެއް. ސަންދާނު އަހަންމައިދީ އަބްދުﷲ ހައްޔަރު ކުރިޔަސް މި މުޒާހަރާތަކެއް ނުނިމޭނެ. މިއީ އެންމެން ކެތްތެރި ވާންވީ ވަގުތު
23:36އެމްޑީޕީ މައި ހަރުގެއިން

އެމްޑީޕީގެ މައި ހަރުގެއަށް ޖަމާވެފައި ތިބި މީހުން ސްޕްރީމް ކޯޓުގެ ކައިރި އަށް ދިޔުމަށް ތައްޔާރުވުމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ. އަދި އެމްޑީޕީން ހުށަހަޅާ މައްސަލައެއް ބައްލަވާ ދެއްވުމަށްފަހު މެނުވީ ސްޕްރީމް ކޯޓު ހުންނަ ސަރަހައްދު ދޫކޮށް ނުދާނެ ކަމައްވެސް އަލާހާން ވިދާޅުވި.
ފުލުސް މީޑިޔާ އޮފިޝަލް

މާލޭ ސިޓީގެ ކުނިކޮށީގައި އަލިފާން ރޯކޮށްލައިފި ކަމުގެ ހަބަރުތައް އެބަލިބޭ، ފުލުހުން ބުނީ އެކުވެނި ކައިރީ ކުނި ގޮނޑުގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް މާ ބޮޑަށް އަލިފާން ރޯވެފައި ނުވާ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވި. މާލޭގައި ބޮޑެތި ސިޔާސީ ހާދިސާތައް ހިނގާ ވަގުތުތަކުގައި އާންމު ގޮތެއްގައި ކުނިގޮނޑުގައި އަލިފާން ޖަހާ ރޯކޮށްލާ.
މިހާރު އަލިފާންގަނޑު ކޮންޓްރޯލް ވެއްޖެ. ރޯވެފައި ވަނީ ވަރަށް ކުޑަކޮށް. އަލިފާނުގެ ހާދިސާއެއް ހިނގީ އެކުވެނި ކައިރީ ކުނިގޮނޑުގައި
23:08

ސިފައިންގެއާ ފުލުހުންގެ އިދާރާގެ މަރުކަޒުތަކުގައި ދިޓީވީ އާއި ވީޓީވީ ބެލުން މަނާކޮށް އެހިދުމަތް ކަނޑާލާފައިވާ ކަމަށް މުޒާހަރާގެ ތެރޭގައި ބައެއް ފަރާތްތަކުން ދަނީ ބުނަނަމުން. މިއީ ހިނގާފައިވާ ކަމެއް ކަމަށް އަދި ރަސްމީކޮށް ސާފުވެފައެއް ނުވޭ.
މަހުލޫފުއެމްއެމްއޭ ކައިރިން

މުޒާހަރާ ރޫޅާލަން އުޅޭނަމަ އެންމެން އިށީނުމަށް މަހުލޫފް ގޮވާލައްވައިފި. މާދަމާ ހުކުރު ނަމާދަށް ފަހު ޖުމްހޫރީ މައިދާނަށް ވަދެ މުޒާހަރާ ކުރާނެ ކަމަށާއި އެމްޑީޕީއަށްތޯ ބޮޑު މުޒާހަރާ ކުރެވެނީ އިދިކޮޅު ފަރާތްތަކަށްތޯ މުޒާހަރާ ކުރެވެނީ ދައްކާލާނެ ކަމަށް ވެސް ދެން މަވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުން މަހުލޫފު ވަނީ ވިދާޅުވެފައި
ބޮޑު މުޒާހަރާ ކުރެވެނީ އެމްޑީޕީއަށްތޯ އިދިކޮޅު ސިޔާސީ ޕާޓީތކާއި ރައްޔިތުންނާއި މަދަނީ ފަރާތްތަކަށްތޯ މާދަމާ ހުކުރު ނަމާދަށްފަހު ދައްކާލާނަން
22:55އެމްއެމްއޭ ސަރަހައްދުން

ވީޓީވީއާއި ދިޓީވީގެ ގުޅުން ކަނޑައިލަން އުޅޭ ކަމަށް މުޒާހަރާގައި މަހުލޫފު އިއުލާން ކޮށްފި. އަދި އެންމެން އަތުގުޅައިގެން ޖުމްހޫރީ މައިދާނަށް ދިއުމަށް ތައްޔާރުވުމުނަށް މާޒް ސަލީމް ވެސް ގޮވާލަމުން އެބަދޭ. މިރޭ ޖުމްހޫރީ މައިދާނަށް ވަންނާނެ ކަމަށް ކުރިން ވެސް ވަނީ އިންޒާރު ދީފައި
22:50އެމްއެމްއޭ ސަރަހައްދުން

މުޒާހާރާއަށް ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުން ވެސް މާލެ އައިސް މުޒާހަރާއާ ގުޅި ސަރުކާރަށް ފާޑުކިޔައި ވާހަކަ ދައްކަން ފަށައިފި. މުޒާހާރާގައި ވަރަށް ބޮޑު ކްރައުޑެއް އެއްބައޮތް ދޭތެރެ ދޭތެރެއިން ރައީސް ނަޝީދުގެ އިސްތިއުފާއަށް ވެސް ގޮވާލާ. މުޒާހަރާގައި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.
22:40

މުޒާހަރާ ހިނގާ ސަރަހައްދުގައި ފޯނު ރޭންޖް ގޮސްފައިވާއިރު ބައެއް އޮންލައިން ނޫސްތަކަށް ވަނުމުގައި ވެސް ބައެއް މައްސަލަތައް އުޅޭ ކަމަށް މީހުން ރާއްޖެއާ ރާއްޖޭން ބޭރުން މީހުން ގުޅައި ޝަކުވާ ކުރަމުން އެބަދޭ. ސަން އޮންލައިންގެ ލައިވް ބްލޮގަށް ވެސް މީހުންނަށް ވަދެވޭ ގޮތެއް ނުވޭ. މުއާސަލާތީ ކުންފުނިން ދިރާގުން ބުނަނީ އެކުންފުނީގެ މައްސަލައެއް ނެތް ކަމަށް
ޔާމީންއަބްދުﷲ ޔާމީން: މުޒާހަރާގައި

މުޒާހަރާގެ ބައިވެރިންނާ ހަނގުރާމަ ނުކުރުމަށް ފުލުހުންނާއި ސިފައިންނަށް އިއުތިމާސް ކުރައްވައިފި. އިދިކޮޅު ފަރާތްތަކުން ގާނޫނާ ހިލާފު ކަމެއް ނުކުރޭ. ކުރަނީ ސަރުކާރުން. ސިފައިންނާ ފުލުހުން އަމަލުކުރައްވަނީ ގާނޫނުގެ ބޭރުން. ސަރުކާރު ވަނީ ފެއިލްވެފައި ސިފައިން އަދި ފުލުހުން ގަބޫލު ކުރަންވެއްޖެ. ކެނެރީގެ ނަޝީދު ވަނީ ފުލުހުންގެ މޫނަށް ކުޅު ޖަހާފައި. ސިފައިންނާ ފުލުހުންނަށް ހަނގުރާމަ އިއުލާނެއް ނުކުރަން. ހައްޔަރު ކޮށްގެން މިއުޅެނީ ޝަރުއީ ނިޒާމް. ޑޮލަރެއް ގައެއް ނޫން މިއުޅެނީ ތަޅު އަޅުވައިގެން. 100 އަކުން 20 މީހުންވެސް މި ސަރުކާރަށް ތާއީދެއް ނުކުރޭ. އަދުލު އިންސާފު ގާއިމްކުރެވޭނެ ގޮތެއް މިއަދު ގައުމަކު ނެތް. އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެ ހައްގު ހޯދަން. ތަހުގީގު ކުރުމަށް ހާޒިރުކުރަން ޖެހޭނީ ފުލުހުންގެ އިދާރާއަށް. ހައްޔަރުކޮށްގެން ތަހުގީގު ކުރުމަކީ ޒަމާނީ ކަމެއް ނޫން. ސިފައިންނާއި ފުލުހުން ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރެވުނު ގޮތް ބުނެދިނުމަށް ނުކުޅެދިފައި. ޖުޑީޝިއަރީއަށް ސަރުކާރުން ތަބާ ނުވާ ސަބަބުންވެސް އޮޅުން ފިލުވައެއް ނުދެވުނު. ވެރިކަން ކުރާ ބާރަކަށް އަދުލު އިންސާފަކަށް އަމުރެއް ނުކުރެވޭނެ. ސަލާމަތީ ބާރުތަކަކީ އެންމެ އިސްބާރެއް ނޫން. އެންމެ އިސް ބާރަކީ ގާނޫނު އަސާސީ. ޖުޑިސިއަރީ. ފުލުހުންވެސް ކުށެއް ކޮއްފިއްޔާ އެކަންވެސް ގެންދާނީ މަދަނީ ކޯޓަށް. އަޅުގަނޑު މިއަދު ނުކުމެ މިހުރީ އާއިލާގެ މަސްލަހަތު ހިމާޔަތް ކުރާކަށް ނޫން. ރައްޔިތުންނާ އެކު ޖިހާދު ކުރަން. ސަން ސެޓް ގާނޫނު ތަޅުމުން ބޭރުކޮށްލުމަކީ ކުރެވުނު ވަރަށް ރަނގަޅު ކަމެއް. އެހެން ނޫނީ އަޅުގަނޑުމެން ތިބޭނީ ގިރިފުށީގައި. މި ސަރުކާރު ފެއިލްވެއްޖެ ކަމަށް ރައްޔިތުން ގަބޫލު ކުރޭ.
ހައްޔަރު ކޮށްގެން މިއުޅެނީ ޝަރުއީ ނިޒާމް. ޑޮލަރެއް ގައެއް ނޫން މިއުޅެނީ ތަޅު އަޅުވައިގެން. 100 އަކުން 20 މީހުންވެސް މި ސަރުކާރަށް ތާއީދެއް ނުކުރޭ. އަދުލު އިންސާފު ގާއިމްކުރެވޭނެ ގޮތެއް މިއަދު ގައުމަކު ނެތް. އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެ ހައްގު ހޯދަން.
22:23އެމްއެމްއޭ ސަރަހައްދު ކައިރިން

ފުލުހުން އިންޒާރު ކުރަމުން ދަނީ މަސްލަހަތު ނަގާ ނުލުމަށާއި ފުލުހުންގެ ކޯޑަން ހުރަސް ނުކުރުމަށް އެފަދަ ކަމެއް ކުރާނަމަ ފަހަތަށް ޖައްސާނެ ކަމަށް ވެސް ބުނަމުންދޭ. ޔާމީން ވާހަކަފުޅު ދައްކަވާރު މުޒާހަރާގެ ބައިވެރިން ތިބީ ޝައުގުވެރިކަމާއެކު ތަގުރީރު އަޑު އަހަން
22:10އެމްއެމްއޭ ކައިރިން

މިހާރު ޔާމީން މުޒާހަރާއާ ގުޅިވަަޑައިގެން ޔާމީން ވާހަކަފުޅު ދައްކަވަނީ. ވަރަށް ބޮަޑަށް ރައީސް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާއިރު ފުލުހުންގެ ފައުޖެއް ކައިރިއަށް ޖެހެމުން އެބަދޭ.
ޕީޕީއެމްގެ ވަގުތީ ނައިބު ރައީސްޖުމްހޫރީ މައިދާން ކައިރިން

ކުޑައިރުކޮޅެއްގެ ތެރޭގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޔާމީން ވެސް މުޒާހަރާއާ ގުޅޭނެ. މުޒާހަރާގެ ސަރަހައްުދުގައި ބޮޑަށް ދެކެވޭ ވާހަކައަކީ މުޒާހަރާގެ ބައިވަރިން ޖުމްހޫރީ މައިދާނަށް ޖަމާވާނެ ކަމަށް ދެކެވޭ ވަހަކަ. ޖުމްހޫރީ މައިދާނަށް ވަންނާނެ ކަމަށް ބުނެ ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އަބްދު ރަހީމް ވަނީ ދިފާއީ ބާރުތަކަށް އިންޒާރުކޮށްފައި
މިރޭ އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ވަންނާނަން. އަޅުގަނޑުމެން ހުއްޓުވަން ނޫޅުއްވާތި، އަޅުގަނޑުމެން މިރޭ ޖުމްހޫރީ މައިދާނަށް ވަންނާނަން
21:53ޖުމްހޫރީ މައިދާން ކައިރިން

އެމްއެމްއޭ ކައިރީ މުޒާކުރާ ސަރަހައްދުން ވަނީ ފޯނުތަކުގެ ގުޅުން ކެނޑިފައި، އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނަނީ ފޯނުތަކުގެ ރޭންޖު ދިޔައީ ގައުމީ ދިފާއީ ބާރުގެ ވެހިކަލެއް އެސަރަހައްދަށް ވެއްދުމުން ކަމަށް. ނޫސްވެރިން މައުލޫމާތު ހިއްސާ ކުރުމަށް މިވަގުތު ފޯނު ބޭނުން ކުރަމުން ދަނީ ދުރު ސަރަހައްދުތަކަށް ގޮސް
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެމްއެމްއޭ ކައިރިން

މިވަގުތު މުޒަހަރާގައި ވާހަކަފުޅު ދައްކަވަނީ އައްޑޫ ޝަރީފު، ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ ޖޯޝާއެކުގައި ވާހަކަފުޅު ދައްކަވަނީ މައިގަނޑު ގޮތެއްގައި ޝަރީފުގެ ވާހަކަ ބިނާ ކުރައްވާފައި ވަނީ ރައީސް ނަޝީދާއި ގައުމީ ދިިފާއީ ބާރުން ރާއްޖޭގެ ގާނޫނީ ވެރިކަން ފުނޑުފުނޑު ކުރަމުންދާ ކަމަށް ބުނެ ދައްކާ ވަހަކަތަކަށް. އޭނާ ވިދާޅުވަނީ ރައީސާއި ގައުމީ ދިފާއީ ބާރުގެ ޣައިރު ގާނޫނީ އަމަލުތައް ބައިނަލް އަގުވާމީ ޖިނާއީ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޝަރީފު ވިދާޅުވި. ދެން ބޮޑަށް ވާހަކަފުޅު ބިނާ ކުރެއްވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ މައްޗަށް
ނިޒާމުން ގެއްލުވައިލުމަކީ، 'އެންފޯސްޑް ޑިސަޕިއަރެންސް' އެއީ، އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމަށް ބައިނަލްއަޤްވާމީ މުޢާހަދާތައް ޤަބޫލުކުރޭ. ނިޒާމުން ގެއްލުވައިލުމަކީ، އެންފޯސްޑް ޑިސަޕިއަރެންސަކީ، ދައުލަތުގެ ފަރާތުން ނުވަތަ ދައުލަތުގެ ބާރުތައް ލިބިގެންވާ ފަރާތަކުން، މީހަކު ހައްޔަރުކޮށް، ބަންދުކޮށް، އެބްޑަކްޓްކޮށް އޭނާ ހުރިތަނެއް ނާންގައި، އަދި ހުރިތަން ބުނިކަމުގައިވީ ނަމަވެސް، އޭނާއަށް ޤާނޫނުން ލިބިދޭންޖެހޭ ރައްކާތެރިކަން ލިބިދިނުމެއްނެތި، އޭނާ އެ ބަހައްޓާފައި ހުރިތަނެއްގައި ބެހެއްޓުން. އަދި، އެގޮތަށް ބެހެއްޓުމުގެ ނިޔަތަކީ ވެސް، ޤާނޫނުގެ ރައްކާތެރިކަން ނިގުޅައިގަތުން ކަމުގައިވުން،
އަދާލަތުގެ ރައީސް އިމްރާންއިމްރާން އަބްދުﷲ: ދިޓީވީގައި

މުޒާހަރާހަތައް ކުރި ނަމަވެސް ސަރުރާކަށް އަދި އަޑެއް ނީވޭ ކަމަށާއި ފަހަރުހައި މުޒާހަރާގެ އަޑު މަޑީ ކަމަށްވެސް ވެދާނެ ކަމަށާއި އުންމީދާއެކު ގެނައި ސަރުކާރުން ނިޒާމުގެ އެންމެ މުހިންމު ތަނބު ބިންދާލާއި ފުނޑުނފުނޑުކޮށްލުމުން ރައްޔިތުންގެ އިހުސާސްތައް ކޮޅުލައި މުޒާހަރާ ކުރާއިރު އަޑު ނާހައި ފަރު ޖައްސަލައި ނުލެވޭނެ ކަމަށް ވިދާޅުވި.
އެކަމަކު މުޒާހަރާގެ އަޑު ސަރުކާރަށް އިއްވޭނެ، އަޅުގަނޑުމެން މުޒާހަރާގެ އަޑު ސަރުކާރަށް އަޅުގަނޑުމެން އިއްވާނަން،
21:02

ވަރަށް ގިނަ އަޑުގަދަ ކުރާތައް ހަރުކޮށް މުޒާހަރާއަށް ތައްޔާރުކޮށްފައިވާ ޕިކަޕެއް ވެސް ވައްދައިފި. މީހުން އަދިވެސް ދަނީ ޖަމާވަމުން. ފުލުހުން ވަނީ ސަލާމަތީކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް ތައްޔާރީ ހާލަތަކަށް އައިސްފައި.
20:58

ނިހާން ވާހަކަފުޅު ދައްކަވަނީ އޭނާ ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް އަށް އަދި އެނާ ވިދާޅުވީ ދިޓީވީ އާއި ވީޓީވީ އަޑު ކަނޑުވާލައިފިނަމަ އެމްއެންބީސީގެ ކަންތައް ނިންމާލާނެ ކަމަށް
20:54އެމްއެމްއޭ ކައިރިން

މުޒާހަރާ ފަށައި ދިނުމުގެ ގޮތުން ވާހަކަފުޅު ދައްކަވަނީ ޕީޕީއެމްގެ ޑރ. އަފްރާޝީމް. މިހާރު ވެސް ވަނީ މުޒަހާގެ މައިދާން އެމްއެމްއޭ ކައިރިއަށް މީހުންތައް ޖަމާވެފައި. ކުޑައިރުކޮޅެއްގެ ތެރޭގައި އިދިކޮޅު ހުރިހާ ޕާޓީތަކެއްގެ ލީޑަރުން މުޒާހަރާއާ ގުޅޭނެ ކަމަށް ނިހާން ވަނީ އިއުލާން ކޮށްފައި