ލ. ގަމުގައި އެކްސިޑެންޓެއްވެ، މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މީރޭ 9:30 ގައެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގައިފައިވަނީ، ލ. ގަން، މުކުރިމަގު ލިންކްރޯޑްގައި ބާރު ސްޕީޑް އެކްސިޑެންޓްގައި ދުއްވާގައި އައި ސައިކަލެއް ޕިކަޕެއްގެ ފަހަތުގައި ޖެހިގެން ކަމަށެވެ.

ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 29 އަހަރުގެ ފިރިހެނަކަށެވެ.

އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުމުން މިހާރު ގަން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.