ރާއްޖެ އަށް ސޮނީ އިން ކަނޑައަޅާފައިވާ އޮތޮރައިޒްޑް ޑިސްޓިބިއުޓާ އަދި ސާވިސް ޕްރޮވައިޑާ ކަމަށްވާ ރީފްސައިޑުން ސޮނީގެ އާ މޮޑެލްތަކުގެ ކެމެރާއި ވީޑިއޯ ކެމެރާ ރާއްޖޭގެ ބާޒާރަށް މިއަދު ތައާރަފް ކޮށްފި އެވެ.

ރީފް ސައިޑުން މިއަދު ސީހައުސްގައި ބޭއްވި ހަފްލާއެއްގައި އެ ކުންފުނިން ވަނީ އެ ކުންފުނީގެ ހަތަރު މޮޑެލްއެއް ރާއްޖެ އަށް އަލަށް ތައާރަފް ކޮށްފަ އެވެ.

ރީފްސައިޑްގެ އެޑްވަޓައިޒިން އެންޑް ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރު އިސްމާއިލް އާދިލް ވިދާޅުވީ ރަސްމީކޮށް މިއަދު ސޮނީން ރާއްޖޭގެ ބާޒާރަށް ނެރުނީ ސައިބާ ޝޮޓްގެ ދެ މޮޑެލްއަކާއި ހޭންޑީ ކެމްގެ ދެ މޮޑެލް ކަމަށެވެ.
އެގޮތުން ސައިބާ ޝޮޓްއިން އަލަށް ނެރުނީ ސޮނީ ބްރޭންޑްގެ ޑީއެސްސީ ޓީއެކްސް ފައިވް ފައިވްގެ ކެމެރާއަކާއި ޑީއެސްސީ ޑަބްލިއު އެކްސް 30 އެކެވެ.

ރީފްސައިޑުން ބުނީ މިއަދު އަލަށް ރާއްޖޭގެ ބާޒާރަށް ނެރުނު މޮޑެލް ޑީއެސްސީ ޓީއެކްސް ފައިވް ފައިވްއަކީ ސޮނީން އުފައްދާ ދުނިޔޭގެ އެންމެ ހިމަ ކެމެރާކަމަށާއި އެއީ ޓަޗް ސްކްރީނެއް ހިމެނޭ ގޮތަށް ފަރުމާ ކޮށްފައިވާ 16.2 މެގަޕިކްސެލްގެ ކެމެރާއެއް ކަމަށެވެ. އަދި އެކެމެރާ އިން ފަސް ގުނައަށް ޒޫމްކުރެވޭނެ ކަމަށް ރީފްސައިޑުން މައުލޫމާތު ދިނެވެ.

އަދި މޮޑެލް ޑީއެސްސީ ޑަބްލިއު އެކްސް ތާޓީއަކީ ރާއްޖެއަށް ތައާރަފްކުރި ޑަބްލިއު ސީރީސްގެ ފުރަތަމަ ޓަޗް ސްކްރީން އެއް އެކުލެވޭ 16.2 މެގަޕިކްސަލްއެއްގެ ކެމެރާއެއް ކަމަށާއި އެ ކެމެރާގައިވެސް ފަސް ގުނައަށް ޒޫމްކުރެވޭނެ ކަމަށް ރީފްސައިޑުން މައުލޫމާތު ދިނެވެ.

ރާއްޖެ އަށް މިއަދު އަލަށް ތައާރަފް ކުރި ހޭންޑީ ކެމްގެ ތެރެއިން މޮޑެލް ޕީޖީ 10 އަކީ އެ ކެމެރާގައި ޕްރޮޖެކްޓަރަކާއި 1.5 ގެ މައިކްރޯފޯނެއް ހިމެނޭ 16 ޖީބީގެ ކެމެރާއެކެވެ. އަދި އެކެމެރާއިން ކެމެރާކުރާއިރު އެއްވެސް ކަހަލަ ވައިގެ އަޑެއް ނާރާނެ ކަމަށް ރީފްސައިޑުން މައުލޫމާތު ދިނެވެ. އަދި ޓީޑީ 10 ކެމެރާ އިން 3ޑީ ކޮންއާއި 2ޑީ ކޮން ޓީވީން ބަލާލެވޭނެ ކަމަށާއި 10 ގުނައަށް އެކެމެރާއިން ޒޫމް ކުރެވޭނެ ކަމަށެވެ.
ހަފްލާގައި ވަނީ އެ ހަފްލާއަށް ވަޑައިގެން ބޭފުޅުން ތެރޭގައި ހާއްސަ ލަކީޑްރޯއެއްވެސް ބާއްވާފަ އެވެ.