ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރުގެ ހިތާނީ ކޭމްޕް ފެށީ މި މަހުގެ 17ވަނަ ދުވަހުގަ އެވެ. މިއަހަރުގެ ކޭމްޕާ ދިމާކޮށް ޓްރީޓޮޕްއިން ވަނީ އެ ހޮސްޕިޓަލުގެ ހިތާނީ ޕެޖޭކް އިތުރަށް ފުރިހަމަކޮށް، ކޭމްޕްގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރުންގެ އަދަދުވެސް އިތުރުކޮށްފަ އެވެ.

އެ ޕެކޭޖުގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4،000 ރުފިޔާއެވެ. އަދި އެޑްވާންސް ޑިޕޮސިޓެއްގެ ގޮތުގައި 1،500 ރުފިޔާ ދެއްކުމުން ބުކިން ހަމަޖެހިގެންދާނެ އެވެ.

މިއަހަރުގެ ހިތާނީ ސީޒަން 660 ކުދިންގެ ޖާގައާއެކު 76 ދުވަހަށް ހިންގުމަށް އެ ހޮސްޕިޓަލުން ވަނީ ހަމަޖައްސާފަ އެވެ. އަދި ހިތާނު ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ފިޔަވާ ކޮންމެ ދުވަހަކު އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ހިތާނީ ޕެކޭޖްގައި ހިމެނެނީ:

  • އޮޕަރޭޝަނަށް ޙާއްސަ ޑޮކްޓަރަށް ދެއްކުން
  • ހޭނައްތާ ޑޮކްޓަރަށް ދެއްކުން
  • ލެބް ޓެސްޓުތައް
  • އޮޕަރޭޝަނަށް ބޭނުންވާ ބޭސް
  • އޮޕަރޭޝަނަށްފަހު ބޭނުންވާ ލުއި ކާނާ
  • ޑޭކެއާ ޔުނިޓްގެ އަގު
  • ހިތާނީ އޮޕަރޭޝަންގެ އަގު
  • ހިތާނު ކުރުމަށްފަހު ޑޮކްޓަރަށް ދެއްކުން

މީގެ އިތުރުން ހިތާނު ކުރާ ކުއްޖާ ގެއަށް ދޫކޮށްލުމުގެ ގިނަ ދުވަސްފަހުން ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށާއި އެ ހިދުމަތް ވެސް ޕެކޭޖްގެ ދަށުން ހަމަޖެހިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރުގެ ހިތާނީ ކޭމްޕްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ހިތާނުކުރުމަށް ހާއްސަކުރެވިފައިވާ ހުނަރުވެރި ނަރުހުންގެ ޓީމެކެވެ.

އެގޮތުން އޮޕަރޭޝަނަށް ޙާއްސަ ޑޮކްޓަރުން ކަމަށްވާ ޑރ. ޝައިލޭޝް އަދިކަރީ، ޑރ. އައިޝަތު އަޒްނާ، ޑރ. މައުމޫން އާސިމް، ޑރ. އަބްދުﷲ އުބައިދު ހަރަކާތްތެރިވާނެ އެވެ. އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމައްވާ ޑރ. މެހެމެޓް އޮޑާ ހަރަކާތްތެރިވާނެ އެވެ.

"މި ޕެކޭޖްގެ ދަށުން ހިތާނުކުރެވޭ ކުދިން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތަރު ވަނަ ބުރީގައި ހާއްސަކުރެވިފައިވާ ޓްވިން ޝެއަރިން ކޮޓަރިތަކުގައި އެޑްމިޓް ކުރެވޭނެ. ރޫމް އަޕްގްރޭޑް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ޕެކޭޖްގެ ބޭރުން ރޫމްތައް ހާއްސަ ޑިސްކައުންޓް އަގުތަކުގައި ލިބޭނެ." ހޮސްޕިޓަލުގެ އޮފިޝަލަކު މައުލޫމާތު ދިނެވެ.

ހިތާނީ ކޭމްޕް ފަށައިގެން ކުރިއަށްދާއިރު، ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލުގެ ތެރޭގައި ކޮވިޑް 19 ފެތުރުމުގެ ފުރުސަތު ނައްތާލުމައްޓަކައި ގިނަގުނަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އެގޮތުން ހިތާނު ކުރަން ހަމަޖެހިފައިވާ ކުއްޖާ އެޑްމިޓްކުރުމުގެ ކުރިން ކޮވިޑް ޓެސްޓެއް ހަދަންޖެހެ އެވެ. އެޑްމިޓް ކުރެވޭނީ މި ޓެސްޓުން ނެގެޓިވް ނަތީޖާއެއް ލިބުމަށް ފަހުގަ އެވެ.

އެހެން ބަލި މީހުންނާއި ދުރުގައި ހިތާނީ ކޭމްޕްގައި ބައިވެރިވާ ކުދިން ބޭތިއްބުމަށް ހާއްސަ ސަރަހައްދެއް ވެސް ކަނޑައަޅައިފައިވާއިރު، ކޮންމެ ކުއްޖަކަށްވެސް ވަކިން ކޮޓަރި ހަމަޖައްސާފައިވެ އެވެ. ހިތާނުކުރާ ކުދިންގެ އެހީތެރިންގެ ގޮތުގައި ހުރެވޭނީ ގިނަވެގެން ދެ މީހުންނަށެވެ.

މީގެ އިތުރުން ޓްރީ ޓޮޕްގެ ތެރޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކޮށްފައިވާއިރު، އިންފެކްޝަން ނައްތާލުމަށްޓަކައި ވެސް އެ ހޮސްޕިޓަލުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. ހައި ރިސްކް ކެޓަގަރީގެ ބަލިމީހުން އައިސޮލޭޓް ކުރުމަށްޓަކައި ވަކި ފްލޯއެއް ކަނޑައަޅައި، އަޔޮނައިޒާ ހިމެނޭ އެޗްއީޕީއޭ ފިލްޓަރު ވަނީ ހަރުކޮށްފަ އެވެ. އެޗްއީޕީއޭ ފިލްޓަރުން ލެމިނާ އެއާފްލޯ (އެއްކޮޅަކަށް، އެއް ސްޕީޑެއްގައި ދައުރުވާ ވައި) ފޯރުކޮށްދީ، ވައި ސާފުކޮށްދެ އެވެ. މީގެ ސަބަބުން އެއްވެސް އެއާބޯން އިންފެކްޝަނެއް އެތަނުގެ ތެރޭގައި ނުހުންނާނެ އެވެ.

މިއަހަރުގެ ހިތާނީ ޕެކޭޖްއަށް ބުކިންގ ހެދުމުގެ ފުރުސަތު ޑިސެމްބަރު 31ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަދި ހިތާނީ ޕެކޭޖާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އާއި ނުވަތަ[email protected]އަށް މެއިލް ކުރުމުން ލިބޭނެ އެވެ.