29 Oct 2020, 10:58
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އޮފީހުން ވައްކަން ކޮށްފި އެވެ.
ފުލުހުން ބުނީ އައްޑޫ އެޗްއާރުސީއެމް އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ މިއަދު ހެނދުނު ހުށަހަޅާފައިވާާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ބަޔެއް ލިޔެކިޔުންތަކާއި ދެ ލެޕްޓޮޕް އަދި ޑީވީއާރު ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ