19 Jan 2012, 17:53
އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އދ. މަހިބަދޫގެ ނަރުދަމާގެ ނިޒާމް މިއަދު އިފްތިތާހު ކޮށްދެއްވުމަށްފަހު ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރު ހިންގެވުމާ ޙަވާލުވެ ވަޑައިގެންނެވިއިރު، ނަރުދަމާގެ ނިޒާމް ފޯރުކޮށްދެވިފައިވަނީ، ރާއްޖޭގެ އާބާދީގެ 22 ޕަސެންޓަށް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކަނި ވެސް 22 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
ނަރުދަމާގެ ޚިދްމަތް ދެވިފައިވާ ރާއްޖޭގެ ރައްޔިތުންގެ ޢަދަދު މިހާރު އާބާދީގެ 50 ޕަސެންޓަށް ޖެއްސިފައިވާ ކަމަށާއި ބަލިމަޑުކަމުން ސަލާމަތްވުމަށާއި، އުނދަގޫތަކުން ދުރުވެ، ދިރިއުޅުމަށް ކޮންމެހެން ވެސް ނަރުދަމާއެއް ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.