19 Jan 2012, 17:46
ގިނަ އަހަރުތަކެއް ގައި މެންޗެސްޓާ ސިޓީގައި މަޑުކުރުމަށް ބޭނުންވާ ކޯޗު ރޮބާޓޯ މަންޗިނީ، އިތުރު ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމުގެ ޔަގީންކަން ދީފިއެވެ.
މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކާމިޔާބީތަކެއް ނުލިބުނު ކަމުގައި ވިޔަސް، ޕްރެމިއާ ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗު މެންސިޓީ ކާމިޔާބުކުރީ މަންޗިނީގެ ކޯޗު ކަމުގެ ދަށުގަ އެވެ. މެންސިޓީ ދަނީ ޕްރެމިއާ ލީގުގެ އެއްވަނާގައި ހިފަހައްޓަމުންނެވެ.
މަންޗިނީ އާއި މެންސިޓީއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާއިރު، ގިނަ އަހަރުތަކެއްގައި ކުލަބުގައި ހުންނަން ބޭނުންވާ ކަމަށާއި އިތުރު ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށް ބުނެފައިވެ އެވެ. "ގިނަ އަހަރުތަކެއް ވަންދެން މެންސިޓީގައި މަޑުކުރަން އަހަރެން ބޭނުން. އަހަރެންގެ ކޮންޓްރެކްޓް ގައި ބާކީ އޮތީ އަހަރު ދުވަސް. އޭގެ ކުރިން މެންސިޓީއާއެކު ހަދާފައި އެއްބަސްވުން އާކުރާނަން،" މެންސިޓީގެ ކޯޗް މަންޗިނީ ބުންޏެވެ.
މަންޗިނީ އަށް މިސީޒަނުގެ ޕްރެމިއާ ލީގު މެންސިޓީ އަށް ހޯދައިދެވިއްޖެ ނަމަ ބޮޑު ފަހުރެއް ލިބޭނެ އެވެ. އެއީ ފުރަތަމަ ފަހަރަށް ލީގު ތައްޓެއް މެންސިޓީ އަށް ހޯދައިދިން ފުރަތަމަ ކޯޗުގެ ޝަރަފެވެ.