28 Oct 2020, 14:50
ހެންވޭރު ގެއެއްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން މިއަދު 10:49 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިގައިވަނީ އުމުރުން 40 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.