މާލޭގައި ޓެކްސީގެ ހިދުމަތްދިނުމުގއި ހަރަކާތްތެރިވާ އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ގެއްލުން ދިން މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭ އިއްޒުއްދީން މަހު، ތޮއިބާ މިސްކިތް ކައިރީ ޕާކުކޮށްފައި އޮތް ޓެކްސީއެއްގެ ވިންޑް ސްކްރީން ތަޅާލައި، ގެއްލުންދިން މައްސަލަ ރޭ ދަންބވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

އަންހެން ޓެކްސީ ޑްރައިވަހު އާމިނަތު ވަހީދާ ފޭސްބުކްގައި ބުނީ މިއި އޭނާ ޓެކްސީ ކުރަން ފެށިފަހުން ކާރަށް ގެއްލުންދިން ފަސްވަނަ ފަހަރު ކަމަށެވެ.

ޓެކްސީއަށް ގެއްލުން ލިބުމުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، ޓެކްސީ އަަށް ތަކުރާރުކޮށް ގެއްލުންދެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް އާންމުންނާއި ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން އޭނާ އަށް ބޭނުންވާކަމަށް އައިމިނަތ ބުނެފައިވެއެވެ.