ހދ. ކުޅުދުއްފުށީ އަތޮޅު މަދަރުސާގެ ހޯލް އިމާރާތްކުރުމުގެ މަސައްކަތް ޔުމަން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރީ އޮފް ސްޓޭޓް ފޯ ހައުސިން އެންޑް އެންވާރަމަންޓް އަކްރަމް އަބްދުލް ކަމާލުއްދީނެވެ. ޔުމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު މުހައްމަދު ނަސީރެވެ. މަސައްކަތް ހަވާލު ކުރީ 4.1 މިލިޔަން ރުފިޔާއަށެވެ.

މިނިސްޓްރީން ބުނީ ހޯލްގެ މަސައްކަތަކީ ސަރުކާރުން ހަރަދުކުރާ މަޝްރޫއެއް ކަމަށާއި މަސައްކަތް ޔުމަން އާއި ހަވާލުކުރީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ގަފޫރް މޫސާ ވެސް ބައިވެރިވެ ވަޑައިގަތެވެ. އޭނާ ވިދާޅުވީ ހޯލް އެޅުމުގެ މަސައްކަތަކީ ކުޅުދުއްފުށީ ރައްޔިތުން ވަރަށް އިންތިޒާރުކުރާ ކަމެއް ކަމަށެވެ.