މިނިސްޓާ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމަށާއި ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.

މިގޮތުން ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް އައްޔަން ކުރައްވީ މައްޗަންގޮޅީ މަނާގޭ އަލީ ފާއިޒެވެ. އަދި މިނިސްޓަރު އޮފް އެޑިޔުކޭޝަންގެ ނައިބު ކަމަށް އައްޔަން ކުރެއްވީ ހެންވޭރު ނިއުހެވަން އާމިނަތު އަލީ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އަލީ ފާއިޒު، އެ މަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ. އޭނާ މިހާތަނަށް ހުންނެވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑުގެ މެނެޖިން ޑިރެކްޓަރުގެ ކަމުގެ މަގާމުގަ އެވެ.

އާމިނަތު އަލީ މިހާތަނަށް ހުންނެވީ، މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމުގަ އެވެ.