26 Oct 2020, 13:17
ސަލާމަތީ ބާރުތަކުގެ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔުމަށް މިއަދާއި މާދަމާގެ ބައެއް ވަގުތުތަކުގައި ސިނަމާލެ ބްރިޖާއި މާލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރަން ނިންމައިފިއެވެ.
ފުލުހުން ބުނީ މިއަދާއި މާދަމާ ކުރިއަށްގެންދާ މި ފަރިތަކުރުންތަކާ ގުޅިގެން މިއަދާއި މާދަމާގެ 1:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން އެއާޕޯޓަށްދާ މަގާއި ސިނަމާލެ ބްރިޖު އަދި ބޮޑުތަކުރުފާނުމަގުން ސަރަހައްދަކާއި ގްރީން ޒޯނު ބަންދުކުރާނެ ކަމަށެވެ.
މި ސަރަހައްދުތައް ފަރިތަ ކުރުންތައް ނިމެންދެން އެކި ވަގުުތުތަކުގައި ބަންދުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންނާއި ސިފައިންގެ ތަމްރީނުތަކަށާއި އެކި މުނާސަބަތުތަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކަށް މީގެ ކުރިންވެސް ބްރިޖާއި ގްރީން ޒޯން އަދި ބްރިޖާ ގުޅޭ މަގުތައް ބަންދު ކުރިއެވެ.
ސަލާމަތީ ބާރުތަކުގެ ތަމްރީނަކަށް ސިނަމާލެ ބްރިޖާއި މާލޭގެ ބައެއް ސަރަހައްުދުތައް ބަންދުކުރަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާ ދަނޑިވަޅެއްގައެވެ.
ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 28 ވާ ބުދަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.