އެމްއެންޑީއެފްގެ ތިން އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފި އެވެ.

އެގޮތުން ލެފްޓިނެންޓުގެ މަގާމުގައި ތިއްބެވި ތިން ބޭފުޅަކު ވަނީ ކާނަލްގެ މަގާމަށް ޕްރޮމޯޓުވެފަ އެވެ.

މިއަދު ޕްރޮޝަން ލިބިލެއްވި ތިން ބޭފުޅުންނަކީ ލެފްޓިނަންޓް ކާނަލް އަހުމަދު ނަޝީދާއި ލެފްޓިނަންޓް ކާނަލް ހަސަން ޝާހިދުގެ އިތުރުން ލެފްޓިނަންޓް ކާނަލް އިސްމާއިލް ނަސީރެވެ.

ސިފައިންގެ ތެރޭގައި އޮންނަ އުސޫލުން މި ތިން ބޭފުޅުންނަށް މިއަދު ޕްރޮމޯޝަން ދެއްވިއިރު، ސިފައިންގެ ތެރެއިން ޕްރޮމޯޝަން ލިބޭ ބޭފުޅުންގެ ތެރެއިން އާންމު ކުރަނީ ކާނަލް ރޭންކުން މަތިން ޕްރޮމޯޝަން ލިބޭ ސިފައިންގެ މައުލޫމާތެވެ.